ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެއިޓަރު މަރާލުމުގެ ތުހުމަތުގައި ކައްކާ އަށް ދައުވާ ކޮށްފި

ޙާންޖީ ރެސްޓޯރެންޓުގައި ބިދޭސީއެއް މަރާލި މައްސަލައިގައި ހައްޔަރުކޮށްފައިވާ އާބިދު/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ރެސްޓޯރެންޓެެއްގެ ތެރޭގައި މީހަކު މަރާލި މައްސަލައިގައި އެތަނުގައި މަސައްކަތްކުރާ ޕާކިސްތާން ކައްކާއެއް ކަމަށް ވާ މުހައްމަދު އާބިދުގެ މައްޗަށް ދައުވާކޮށް އެ މައްސަލަ ކްރިމިނަލް ކޯޓަށް ހުށައަޅައިފިއެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓަރ އަހުމަދު ޝަފީއު ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗިހި ގެންގުޅުން މަނާ ކުރުމުގެ ގާނޫނުގެ ދަށުން ކަމުގައެވެ.

އެ ދައުވާ އޭނާގެ މައްޗަށް ސާބިތުވެއްޖެ ނަމަ މަރުގެ ހުކުމް އަންނާނެއެވެ. އަދި ވާރިސުންގެ ފަރާތުން މަރު ހިފަން ބޭނުން ނުވެއްޖެ ނަމަ އުމުރުދުވަހުގެ ޖަލު ހުކުމެއް އިއްވާނެއެވެ.

ޕާކިސްތާނުގެ ކައްކާގެ މައްޗަށް ތުހުމަތުކޮށްފައިވަނީ އޭނާގެ ހަމަލާއިން ބަންގްލަދޭޝްގެ އެމްޑީ ޝާހީން މަރުވެފައި ވާތީއެވެ.

އެމްޑީ ޝާހީނަށް ހަމަލާ ދިނުމަށް ފަހު އާބިދު މާލެ އައިސް އޭގެ ފަހުން ހުޅުމާލޭގެ ފޭސް ދޭއްގެ ބީޗް ސަރަހައްދުގައި އުޅެނިކޮށް ހައްޔަރު ކުރީ ހަމަލާ ދިންތާ އެއް ދުވަސް ފަހުންނެވެ. ހަމަލާއަށް ފަހު ރެެސްޓޯރެންޓުގައި މަސައްކަތް ކުރާ މީހުން ވަނީ ހަމަލާ ދީފައި ހުރި ތަނުގެ ސީން އެއްކޮށް ކްލިއާކޮފަ އެވެ. އަދި މައްސަލަ ރިޕޯޓު ކުރީ ހޮސްޕިޓަލުންކަމަށް ފުލުހުން މައުލޫމާތު ދެ އެވެ. ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ބިދޭސީ މީހާ މަރުވެފައިވާއިރު ސޯޝަލް މީޑިއާގައި އާއްމުވި ވީޑިއޯއަކުން ފެންނަ ގޮތުން އޭނާގެ ބޮލަށާއި، ކަރަށް އަދި ފަޔާއި މެޔަށް ވަނީ ހަމަލާ ދީފަ އެވެ. އާއްމުވި ވީޑިއޯގައި ބިދޭސީ މީހާއަށް ސީޕީއާރު ދޭތަން ވެސް ފެނެ އެވެ. އަދި ގައިގައި ހުރި ލޭ ސާފު ކުރުމަށް އޭނާގެ ގަޔަކަށް ފެން އަޅާފައިވާކަމަށް ބެލެވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: