ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާ ގުޅޭގޮތުން މަޝްވަރާކުރަން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމުގެ ތެރެއިން/ ފޮޓޯ: ސިޓީ ކައުންސިލް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ކުންފުނި އުފެއްދުމާއި ގުޅޭގޮތުން އިދާރާތަކާއި  މަޝްވަރާ ކުރަން ނިންމައިފިއެވެ.

އެ ނިންމުން ނިންމާފައިވަނީ މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 56 ވަނަ ރަސްމީ އާންމު ޖަލްސާގައެވެ.

މާލެ ސިޓީގެ 4 ވަނަ ދައުރުގެ 56 ވަނަ ޖަލްސާގައި ވާހަކަ ދައްކަވަމުން ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހު ވިދާޅުވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކައުންސިލްތަކަށް މާލީ މަންފާ ހާސިކުރުކުރުމުގެ ގަވާއިދުގެ ދަށުން ކުރެވޭ ކަންތައްތަކުގެ ތެރެއިން މާލެ ސިޓީ ކައުންސިލަށް ކުރެވޭ ފަދަ ކަމަށް އޮތީ ޝޯސަލް ހައުސިންގ ކުރިއަށް ގެންދިއުންކަމަށާއި އެހެން ނަމަވެސް އެކަމަކީ މާލީ މަންފާއެއް ހާސިލް ކުރުމަށް ވުރެ ނިކަމެތި ރައްޔިތުންނަށް ކޮށްދޭން ޖެހޭނެ ކަމެއްކަމުގައެވެ.

ސައިފް ވިދާޅުވީ ސިއްހީ ހިދުމަތްދޭ ތަންތަނާއި ސްކޫލްފަދަ ތަންތަން މާލޭގައި ފުޅާކޮށް މިހާރުވެސް ހިންނގަމުން އަންނަ ކަމަށާޢި އެކަން މާލެ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހިފައިނުވާ ކަމަށެވެ.

އަދި މިފަދަ ކަންކަމަކީ ކުދި ރަށްރަށާއި އަތޮޅު ކައުންސިލްތަކުން ކޮށްދޭންޖެހޭ ކަމެއްކަމަށާއި ސިޓީ ކައުންސިލުން މިއަށްވުރެ ފުޅާ ދާއިރާއެއްގައި މިކަން ކުރެވެންޖެހޭނެކަމަށެވެ.

ސައިފް އިތުރަށް ވިދާޅުވީ މި ގަވާއިދަށް ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީ އަށާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީ އާއި ބައްދަލު ކުރަންޖެހޭ ކަމަށެވެ. އަދި އެކަން ވަނީ ޖަލްސާގައި އޭނާ ހުށައަޅުއްވާފައެވެ.

ސައިފްގެ ހުށައެޅުން ޖަލްސާގައި ބައިވެރިވި ހުރިހާ ކައުންސިލަރުންގެ އިއްތިފާގުންވަނީ ފާސްވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: