ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާބްލް ޝީޓްތަކެއްގެ ދަށުވެ ތާށިވި ދެވަނަ މީހާވެސް މަރުވެއްޖެ

ހުޅުމާލެ ފްލެޓް ސަރަހައްދު / ގޫގަލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުރި ގުދަނެއްގެ ތެރޭގައި ހުރި މާބްލް ޝީޓްތަކެއްގެ ދެމެދުގައި ތާށިވެގެން ސީރިއަސް ޒަހަމްތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ ދެވަނަ މީހާވެސް މަރުވެއްޖެއެވެ.

ބޮޑެތި ޒަހަމްތަކެއް ލިބުނު މީހާއަށް ފުރަތަމަ ފަރުވާ ދީފައިވަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް ފަހުން އޭނާ އައިޖީއެމްއެޗަށް ބަދަލުކޮށް ފަރުވާ ދެމުން ގެންދިޔައީ ވެންޓިލޭޓަރުގައެވެ.

މިމަހުގެ 12 ވަނަ ދުވަހު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޑިންގީ ޖެޓީ ސަރަހައްދުގައި ކޮންޓެއިނަރަކުން މާބުލް ޝީޓްތަކެއް ހުސްކުރަން އުޅުމުގެ ތެރޭގައި ހިނގި މި ހާދިސާގައި ފިތިގެން އެކަކު އެދުވަހު ވަނީ މަރުވެފައެވެ.

މި ހާދިސާގައި މަރުވެފައިވަނީ ދެ ބިދޭސީންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: