ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުދަލު ޒަކާތުގެ ނިސާބަށް ބަދަލު ގެނެސްފި

އިސްލާމިކް އެފެއާޒް.. ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

މުދަލު ޒަކާތުގެ ނިސާބަށް އިސްލާމިކް މިނިސްޓްރީއިން ބަދަލު ގެނެސްފިއެވެ.

ޖޫން މަހުގެ 12 ވަނަ ދުވަހުން ފެށިގެން މުދަލު ޒަކާތް ވާޖިބުވާ  ނިސާބަކީ 6396.25 ރުފިޔާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ވަނީ މިހާރު ކަނޑައަޅާފައެވެ.

މީގެ ކުރިން މާޗު މަހު ކަނޑައަޅާފައިވާ ނިސާބުގެ އަދަދަކީ 7241.15 ރުފިޔާ އެވެ.

ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލާއި ގުޅިގެން މުދަލުޒަކާތް ވާޖިބުވާ ނިސްބަތަށް ބަދަލު ގެނެވެއެވެ.

ރާއްޖޭގައި މުދަލުޒަކާތް ވާޖިބުވާ ނިޞާބު ބަލަނީ ރިހީގެ އަގުންނެވެ. ފައިސާ ހުރިނަަމަ ހިދުރީ ގޮތުން އަހަރެއް ވުމުން އޭގެ 2.5 އިންސައްތަ މުދަލު ޒަކާތުގެ ގޮތުގައި ނެރެން ޖެހެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: