މި އަހަރުގެ ހައްޖު މިޝަންގައި ހިމެނިވަޑައިގަންނަވާ ބޭފުޅުން ފުރާވަޑައިގެންފިއެވެ.
އިސްލާމިކް މިނިސްޓްރީއިން ބުނީ، މި އަހަރުގެ ހައްޖު މިޝަންގައި ހިމެނޭ ބޭފުޅުން މިއަދު ފުރާވަޑައިގެންފައިވާ ކަމަށެވެ.
ރާއްޖެއިން ހައްޖަށްދާ މީހުންގެ ކަންކަން ބެލުމަށް ދިވެހި ސަރުކާރުގެ ފަރާތުން ކޮންމެ އަހަރުވެސް އެކަމަށް ހާއްސަ މިޝަންއެއް އެކުލަވާލައެވެ.
އެ މިޝަންއިން ދެވިހި ރާއްޖެއިން ސައުދީ އަރަބިއްޔާ އަށް ދާ ދިވެހި ހައްޖާޖީންނަށް އެހީތެރިކަން ފޯރުކޮށްދީ ރަސްމީ އިންތިޒާމްތައް ހަމަޖައްސައިދެއެވެ.
މި އަހަރުގެ ހައްޖު މިޝަންގައި ހިމެނެނީ އިސްލާމިކް މިނިސްރީގެ ފަސް ބޭފުޅުން ކަމުގައި އެ މިނިސްޓްރީން މައުލޫމާތު ދީފައިވެއެވެ.
މި އަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ރައީސް އިބްރާޙިމް މުހައްމަދު ސާލިހު ކަނޑައަޅުއްވާފައިވަނީ އިސްލާމިކް މިނިސްޓަރު ޑަރ އަހްމަދު ޒާހިރު އަލީ އެވެ.

