މާލޭގައި ބިދޭސީއަކު ގެއަކަށް ވައްދާ ފޭރުނު ދެ އަންހެނަކު ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ދައުވާކޮށްފައިވަނީ ހ. ލާމިޔާ ފާތިމަތު ނަޝާޔާ އާއި އއ. ތޮއްޑޫ ހުދުފިނިފެންމާގޭ ހަދީޖާ ޝައިމާގެ މައްޗަށެވެ.
އެދެމީހުންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.
މިދެ އަންހެނުން ވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބަންގްލަދޭޝްގެ ރައްޔިތެއްކަމަށްވާ ރުބެލް މިއާ ހ. ލާމިޔާ ގޭތެރެއަށް ވެއްދުމަށްފަހު އޭނާ އަތުގައި ހުރި 3335 ޑޮލަރާއި 20،998 ރުފިޔާ އާއި ސެންސަން ފޯނެއް އަތުލާފައެވެ.
މި މައްސަލައިގައި ދެ މީހުން ފުރަތަމަ ކުަށަށް އިންކާރު ކުރި ނަމަވެސް ފަހުން ވަނީ ކުށަށް އިއުތިރާފް ވެފަައެވެ.
މި މައްސަލައިގައި ކުރި ހުކުމް ކުރަމުން ގާޒީ ބުނެފައިވަނީ އެ ދެމީހުން ކުށަށް އިއުތިރާފް ވެފައިވާތީ އާއި ހުށައަޅާފައިވާ އެކި ގަރީނާތަކަށް ރިއާޔަތް ކުރާއިރު މައްސަލަ ޝަރީއަތަށް ސާބިތުވާ ކަމުގައެވެ.
އެގޮތުން 4 މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ކޯޓުން އެމައްސަލައިގެ ހުކުމެއްގެ ގޮތުގައި ވަނީ އިއްވާފައެވެ. އަދި 96 ގަޑިއިރު މުޖުތަމައު އަށް ހިދުމަތް ކުރުމަށާއި 24،000 ރުފިޔާގެ ޖޫރިމަނާވެސް ވަނީ ކޮށްފައެވެ.

