ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މެނޭޖިން ޑިރެކްޓަރު ޝާހިދު އަލީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރީޖަނަލް ޕޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އަންނަ މަހުން ފެށިގެން ބޮޑުކޮށް، ސްޓްރަކްޗަރަލް ބަދަލުތަކާ އެކު މުވައްޒަފުންނަށް ކުރިއެރުން ދިނުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލްގެ) ބޯޑުން ނިންމައިފިއެވެ.

އެ ކުންފުނިން އެގޮތަށް ނިންމާފައިވަނީ ހިތަދޫ ރީޖަނަލް ޕޯޓުގައި ބޭއްވި ބައްދަލުވުންތަކަކަށް ފަހުގައެވެ. އަދި އަލަށް ފާސްކުރި ޕޮލިސީތަކާއި މުވައްޒަފުންގެ ކުރިއެރުމަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް އިއްޔެ އެ ކުންފުނީގެ ބޯޑު މެމްބަރުން ވަނީ ހިތަދޫ ޕޯޓުގެ މުވައްޒަފުންނާ ބައްދަލުކޮށްފައެވެ. ބައްދަލުވުންތަކުގައި އެކުންފުނިން ވަނީ ޕޮލިސީތަކެއް ފާސްކޮށް، ރީޖަނަލް ޕޯޓުތަކުގެ އޯގަނައިޒޭޝަނަލް ސްޓްރަކްޗަރަށް ގެންނަ ބަދަލުތަކާ ބެހޭގޮތުން މުވައްޒަފުންނަށް މައުލޫމާތުދީ، މުވައްޒަފުންގެ ސުވާލުތަކަށް ޖަވާބުދީފައެވެ.

އެމްޕީއެލުން މެނޭޖުކުރާ ރީޖަނަލް ޕޯޓުތަކަކީ ކުޅުދުއްފުށީ ރީޖަނަލް ޕޯޓާއި ހިތަދޫ ޕޯޓެވެ. މުސާރަ ބޮޑު ކުރުމުގެ އިތުރުން މުވައްޒަފުންގެ ކުރިއެރުމާއި ގުޅޭ ގިނަ ޕޮލިސީތަކެއް ވެސް ވަނީ ފާސްކޮށްފައެވެ.

ރީޖަނަލް ޕޯޓުތަކުގެ ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް އެމްޕީއެލްގެ ބޯޑުން ފާސްކޮށްފައިވާއިރު، އަންނަ މަހުގެ މުސާރައާއެކު މުވައްޒަފުންގެ މުސާރައިގެ އޮނިގަނޑަށް އެ ބަދަލުތައް އަންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

މީގެ އިތުރުން އެ ކުންފުނީގެ ރިޓަޔާމަންޓް ޕޮލިސީއަށް ވެސް ބަދަލު ގެނެސް، އާލީ ރިޓަޔަމަންޓްގެ ގޮތުގައި ރިޓަޔާކުރާނީ 65 އަހަރުވުމުން ކަމަށް ވަނީ ނިންމާފައެވެ. އަދި މާލީ އެހީ ދޭ ސިޔާސަތާއި ކޯޑް އޮފް ކޮންޑަކްޓާއި އިތުރު ސިޔާސަތުތައް ވެސް އެ ކުންފުނީގެ ބޯޑުން ވަނީ ފާސްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: