ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑް ޖެހިގެން ދިވެހި އަންހެނަކު މަރުވެއްޖެ

ކޮވިޑްގެ ހާލަތު މިހާރު އަންނަނީ ރަނގަޅުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑްގައި ދިވެހި އަންހެނަކު ނިޔާވެއްޖެއެވެ.

ރޭ ފަތިހު ނިޔާވެފައިވަނީ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެކެވެ.

އޭނާ ނިޔާވެފައިވަނީ ހުޅުމާލޭގައި އަލަށް ހަދާފައިވާ ކޮވިޑް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.

ރާއްޖޭގައި ކޮވިޑް19 ގެ ކޭސްތައް މަދުވެފައި އޮތުމަށް ފަހު އަނެއްކާވެސް  އިތުރުވާން ފަށާފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ކޮވިޑްގެ ހާލަތު އަލުން ގޯސްވިޔަ ނުދިނުމަށް ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ، އެކަހެރިވެ ޓެސްޓް ހެދުމަށާއި މާސްކް އެޅުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ހާއްސަކޮށް ބަލީގެ އަލާމާތްތައް ހުރި ފަރާތްތައް  ބަލީގެ ސަބަބުން ނުރައްކާ ވެދާނެ ފަރާތްތަކާއި އެފަދަ މީހުން ދިރިއުޅޭ ނުވަތަ ބަލަހައްޓާ މީހުންނާއި ސިއްހީ ހިދުމަތްދޭ މަރުކަޒުތަކާއި އެތަންތަނަށް ޒިޔާރަތް ކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ވަނީ އިލްތިމާސް ކުރައްވައިފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: