ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

ސްޓެލްކޯގެ އަހަރީ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން: ފޮޓޯ ސްޓެލްކޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

އެކަމަށްޓަކައި ސްޓެލްކޯގެ ފަރާތުން ވަނީ އަހަރީ ދުވަހަށް ހާއްސަ ކޭކެއް ފަޅާފައެވެ. ކޭކް ފަޅުއްވައި ދެއްވީ ކުންފުނީގެ ބޯޑުގެ ޗެއަރމަން ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހިމް މުހައްމަދު ދީދީ އާއި މެނޭޖިންގ ޑިރެކްޓަރު އަހުމަދު ޝަރީފްގެ އިތުރުން ކުންފުނީގެ ދެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރުން ކަމުގައިވާ މުހައްމަދު ލަތީފާއި ޑރ އަލީ އަޒުވަރެވެ.

އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ސްޓެލްކޯ އިން ވަނީ ކުންފުނީގެ ހެޑް އޮފީހާއި ހުރިހާ އިންޖީނުގެއެއް ކުލަ ބޮކިން ދިއްލާ ޒީނަތްތެރިކޮށްފައެވެ.

އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިއަދު ހެނދުނު ސްޓެލްކޯގެ ހެޑް އޮފީހުގައި  އޮތް ރަސްމިއްޔާތުގައި ސްޓެލްކޯގެ ޗެއަރމަން ދެއްކެވި ވާހަކަ ފުޅުގައި ސްޓެލްކޯ އަކީ ވިޔަފާރި ކުންފުންޏަކަށް ވުރެ ބޮޑަށް ދިވެހި ރައްޔިތުންނަށް ހިދުމަތް ކުރުމަށް އޮތް ކުންފުންޏެއް ކަމުގައެވެ.

އަދި ގާނޫނު އަސާސީ އިން ދިވެހި ރައްޔިތުންގެ މައްޗަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށް ދިނުމަށް ލާޒިމް ކުރާ ކަމަށާއި މިޒަމާނުގައި އެ ހިދުމަތް ފޯރުކޮށްދެވޭނީ އޮގަނައިޒްޑް މެނާ އެއްގައި ސިސްޓެމެޓިކް ގޮތަކަށް ރޭވިގެން ކަމުގައި ވިދާޅުވިއެވެ.

ވުމާއެކު އެމަގްސަދުގައި ދިވެހި ދައުލަތުން ސްޓެލްކޯ އުފައްދަވާ ކުންފުނީގެ އެކި އެކި ހަރަކާތްތައް މިއަދާ ހަމައަށް ތަފާތު ދަރަޖަތަކަށް މައްޗަށް އަރައިގެން އައިސް މިވަނީ ކުންފުންޏަށް 25 އަހަރު ވެފައި ކަމަށް ޗެއަރމަން އިބްރާޙިމް ދީދީ ވިދާޅުވިއެވެ.

އަދި ރަސްމިއްޔާތުގައި ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ސްޓެލްކޯ އަކީ ކަސްޓަމަރުންގެ މަސްލަހަތު އިސްކުރާ ކުންފުންޏަކަށް ހަދަން ޖެހޭ ކަމުގައެވެ. އަދި ސްޓެލްކޯ މިހާރު އޮތް ފެންވަރަށް ގެނެސްދިނުމުގައި ވޭތުވެދިޔަ 25 އަހަރު އެ ކުންފުންޏަށް ހިދުމަތް ކޮށްދެއްވި ބޭފުޅުންގެ ނަންތަކާއި ހިދުމަތް ފާހަގަ ކުރަންޖެހޭ ކަމުގައި ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިއަދުން ފެށިގެން ސްޓެލްކޯގެ މުވައްޒަފުން ކުންފުނީގެ ނަމުގެ ގޮތުގައި ބޭނުން ކުރާނީ އަޅުގަނޑުމެންގެ ކުންފުނި ކަމަށާއި އެކަމުން ވަރަށް ބޮޑު ބަދަލެއް ކުންފުންޏަށް އަންނާނެ ކަމުގައެވެ.

އަދި މިއަދުން ފެށީގެން ސްޓެލްކޯގެ މިސްރާބު ބަދަލުކޮށް ކަސްޓަމާ އޮރިއެންޓެޑް ކުންފުންޏަކަށް ހަދަންޖެހޭ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: