ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީޕީއެމް ކައުންސިލުން ވޯޓުލައިގެން އެ ކައުންސިލަށް އިތުރު 17 މެމްބަރުން ހޮވައިފި

ޕީޕީއެމްއިން މާލޭގެ ކާނިވާ ސަރަހައްދުގައި، ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ކައުންސިލަށް އިތުރު 17 ބޭފުޅަކު އިންތިހާބު ކޮށްފިއެވެ.

މިހާރު ތިބި ކައުންސިލް މެމްބަރުން ވޯޓްލައިގެން ރޭ އިންތިހާބު ކޮށްފައިވަނީ 12 ފިރިހެނުންނާއި ފަސް އަންހެން މެމްބަރުންނެވެ.

ކައުންސިލަށް އިންތިހާބުވި ބޭފުޅުންގެ ތެރޭގައި ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ވަޒީރުންނާއި އެ މަގާމާއި އެއްފެންވަރެއްގެ މަގާމުތައް ފުރުއްވާފައިވާ ބޭފުޅުން ހިމެނިފައިވެއެވެ.

މި އިންތިހާބަކީ ޕީޕީއެމްގެ އަސާސީ ގަވާއިދަށް ގެނެސްފައިވާ އިސްލާހަކާއި ގުޅިގެން ބޭއްވި އިންތިހާބެކެވެ.

މީގެ އިތުރުން މީގެކުރިން އެ ކައުންސިލްގައި ތިއްބެވި ދެބޭފުޅަކު ވަކިވުމާއި ގުޅިގެން އެ މަގާމުތަކަށް ވެސް ރޭ ވަނީ ބޭފުޅުން އިންތިހާބު ކޮށްފައެވެ.

މި އިންތިހާބުގައި 160 އަށް ވުރެ ގިނަ ބޭފުޅުން ވާދަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: