ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ޕާޓީތަކަށް ލިބޭ އާމްދަނީއާ ހަރަދުތައް ބަލަހައްޓަނީ ރަނގަޅަށްތޯ އީސީން ޗެކްކުރަނީ

އިލެކްޝަންސް ކޮމިޝަންގެ އިދާރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސިޔާސީ ޕާޓީއަށް ލިބޭ އާމްދަނީ އާއި ހަރަދު ބަލަހައްޓަނީ ގާނޫނާއި އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ފަށައިފިއެވެ.

އެކަމާ ގުޅިގެން ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވީ ، ސިޔާސީ ޕާޓީ އަށް ލިބޭ އާމްދަނީ އާއި ހަރަދު ޕާޓީ ތަކުން ބަލަހައްޓަމުން ދަނީ ސިޔާސީ ޕާޓީގެ ގާނޫނައި އެއްގޮތަށް ތޯ ބެލުމުގެ ގޮތުން، އީސީގެ އިންޓަރނަލް އޮޑިޓް ޓީމެއް ދައުލަތުން ފައިސާ ދޭ 4 ޕާޓީ އޮފީހަށް ދާގޮތަށް ކޮމިޝަނުން ހަމަޖައްސައި އެކަން ފަށާފައިވާ ކަމަށެވެ.

 

 

ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާ އަދަދަށް މެމްބަރުން ތިބި 4 ސިޔާސީ ޕާޓީ އަކަށް އިލެކްޝަންސް ކޮމިޝަންގެ ފަރާތުން މިއަހަރުވެސް ވަނީ ފައިސާ ދޫކޮށްފައެވެ.

މިއަހަރުގެ ބަޖެޓް ފާސްކުރިއިރު، ގާނޫނުގައި ބުނާ އަދަދަށް މެމްބަރުން ތިބީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން އަދާލަތު ޕާޓި އާއި ޖުމްހޫރީ ޕާޓީގައެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނު ގައިވާ ގޮތުން ސިޔާސީ ޕާޓީ ތަކުގެ ތެެރެއިން ދައުލަތުގެ ބަޖެޓްގެ 0.01 އިންސައްތަ ފައިސަ ސިޔާސީ ޕާޓީތަކަށް ދޫކުރަން ޖެހެއެވެ. މިއަދަދަށް ފައިސާ ދޫކުރަނީ ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10،000 މެމްބަރުން ހަމަވާ ޕާޓީ ތަކަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: