ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕްރޮމޯޝަނާއި އެލަވަންސް ދިނުން މަޑުޖައްސާލުމަށްފަހު ހަރަދު ކުޑަކުރުމަށް ފިނޭންސް އިން އަންގައިފި

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރު އޮފީސްތަކުން ޕްރޮމޯޝަންތައް ދިނުމާއި އާ މަގާމް އުފެއްދުން މަޑުޖައްސާލުމަށް ފިނޭންސް މިނިސްޓްރީން އަންގައިފިއެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު  ސޮއި ކުރައްވައި  މިއަދު ސަރުކާރު އޮފީސްތަކަށް ފޮނުވި ސާކިއުލާގައި ވަނީ ރަޝިޔާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ތެލާއި އެހެނިހެން ތަކެތީގެ އަގު އުފުލިފައިވާތީ ދައުލަތުގެ ހަރަދުތައް ވެސް ދަނީ އިތުރުވަމުން ކަމުގައެވެ.

އެކަމުގެ ސަބަބުން އާމްދަނީ އާއި ހަރަދުތައް ހަމަޖެއްސުމަށް ޖާގަ ލިބޭ މިންވަރު ވަރަށް ބޮޑަށް ހަނިވަމުންދާ ކަން ފާހަގަކުރައްވައި ހަރަދު ކޮންޓްރޯލް ނުކޮށް ޑެފިސިޓް އިތުރުވާނަމަ، އޭގެ ބުރަ އުފުލަން ޖެހޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެން ކަމުން ހަރަދު ކުޑަކުރުމުގެ ގޮތުން ދައުލަތުގެ ބަޖެޓުން ހަރަދު ކުރާ އެއްވެސް އާ މަގާމެއް ނުއުފެއްދުމާއި މި އަހަރު އެއްވެސް އާ އެލަވަންސެއް މުވައްޒަފުންނަށް ދޭން ނުފެށުމަށް ވަނީ އަންގާފައެވެ. އަދި ފިނޭންސް މިނިސްޓްރީގެ ހުއްދަ އާ ނުލައި އެއްވެސް ބާވަތެއްގެ ޕްރޮމޯޝަނެއް ނުދިނުމާއި ރަސްމީ ގަޑީގެ ބޭރުން ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ފިޔަވައި އިތުރު ގަޑީގެ މަސައްކަތް ނުކުރުމަށް ވެސް ފިނޭންސް އިން ފޮނުވާފައިވާ ސާކިއުލާގައި ބުނެފައިވެއެވެ.

ފިނޭންސް މިނިސްޓްރީގެ ސާކިއުލަރ ގައި ބުނެފައިވާ ގޮތުން ދައުލަތުގެ ހުރިހާ އޮފީސްތަކަކުން އެ ސާކިއުލާ އަށް މާދަމާއިން ފެށިގެން އަމަލު ކުރަންޖެހޭނެ ކަމަށާއި ކައުންސިލްތަކުންވެސް ބްލޮކް ގްރާންޓް އަދި އަމިއްލަ އާމްދަނީ ހަރަދު ކުރުމުގައި ވެސް ފިނޭންސް އިން މިއަދު ފޮނުވި ސާކިއުލާގައި ހިމެނޭ ކަންތައްތަކަށް ރިއާޔަތް ކުރަން ޖެހޭނެ ކަމަށެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމަށް އަޅާ ބައެއް ފިޔަވަޅުތަކުގެ ތެރޭގައި ޕީއެސް އައި ޕީގައި ހިމެނޭ ކެޕިޓަލް ހަރަދެއް ފިޔަވައި ކޮންމެހެން ކުރަންޖެހޭ ހަރަދެއް ނޫނީ ނުކުރުމާއި، ކޮންމެހެން ކުރަން މަޖުބޫރުވާ ކަމެއް ކުރުމަށް 5000 ރުފިޔާ އަށް ވުރެ އިތުރުވާނަމަ ފިނޭންސްގެ ހުއްދަ ހޯދުން ހިމެނެއެވެ.

މީގެ އިތުރުން އަމަލީ މަސައްކަތް ފަށައިގެން ކުރިއަށް ދާ ނުވަތަ ހިދުމަތެއް  މެދު ކެނޑުނަ ނުދިނުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަރާމާތެއް ފިޔަވައި އިތުރު މަރާމާތެއް ނުކުރުމާއި އާ ސްކޮލަޝިޕްތައް ނުފެށުމާއި ރާއްޖެއިން ބޭރުން ލިބޭ ހިލޭ ކުރު ކޯސްތައް ފިޔަވައި އެހެނިހެން ޓްރޭނިންއެއް ކުރިއަށް ނުގެންދިއުމަށްވެސް ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: