ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ އަވިކަތަ ސްކީމް އިފްތިތާހުކޮށްފި

ސްޓެލްކޯގެ އަވިކަތަ ސްކީމް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހް ކޮށްދެއްވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ އަވިކަތަ ސްކީމް ނައިބު ރައީސް ފައިސަލް ނަސީމް އިފްތިތާހް ކޮށްދެއްވައިފިއެވެ.

އަވިކަތަ ސްކީމަކީ  ސޯލާ ޕެނަލް ހަރުކުރުމަށް ގޭގޭ ފުރާޅު ސްޓެލްކޯ އަށް ކުއްޔަށް ދީގެން އާމްދަނީ ހޯދުމުގެ ފުރުސަތު ލިބޭ ސްކީމެކެވެ.

އަވިކަތަ މެދުވެރިކޮށް އާމްދަނީ ހޯދުމުގެ ފުރުސަތު އަންނަ ޖުލައި މަހުގެ 01 ވަނަ ދުވަހު ސްޓެލްކޯ އިން ހުޅުވާލާނެ ކަމުގައި އެކުންފުނިން ބުނެފައިވެއެވެ.

އެސްކީމްގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރުމަށް ފަހު ސްޓެލްކޯ އަށް ހުށައެޅުމާއި ނުވަތަ avikatha@stelco.com.mv އަށް މެއިލް ކޮށްގެން ފޯމް ހުށައެޅޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

އަވިކަތަ ސްކީމްގައި ބައިވެރިވުމަށް ހިމެނޭ ޝަރުތުތަކުގެ ތެރޭގައި ފުރާޅުގައި މަދުވެގެން 100 އަކަ ފޫޓު ހުރުމާއި ފުރާޅަށް ފަސޭހައިން އަވި ލިބޭނެ ގޮތަށް ހުރުމާއި ގޭގެ ވެރިފަރާތުގެ ހުއްދަ ހޯދުން ހިމެނެއެވެ. މީގެ އިތުރުން ފުރާޅުގައި 150 ކިލޯގެ ބަރުދަން އުފުލާނެ ވަރު ހުރުން ހިމެނެއެވެ.

އަވިކަތަ މަޝްރޫއުގައި ބައިވެރިވުމަށް ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ މީހުންގެ ލޮކޭޝަން ދިރާސާ ކުރުމަށް ފަހު ފޯމް ހުށައެޅި ފަރާތާއި ސްޓެލްކޯ އާއި ދެމެދު އެގްރީމެންޓެއްގައި ސޮއިކުރާނެއެވެ. އެއަށްފަހު ސޯލާ ޕެނަލް ހަރުކުރުގެ މަސައްކަތް ސްޓެލްކޯ އިން ކުރިއަށް ގެންދާނެއެވެ. އެ މަރުހަލާ އަށް ފަހު ކޮންމެ މަހަކު ސްޓެލްކޯ އިން ވެރިފަރާތުން ދީފައިވާ އެކައުންޓަށް ކުލި ޖަމާކުރަމުން ގެންދާނެ އެވެ.

އަވިކަތަ ސްކީމްގެ ސަބަބުން ފަސޭހައިން ކުލި ލިބުމާއި ފައިސާ ލިބުމގެ އިތުރުން ސޯލާ ޕެނަލް ހަރުކޮށް މަރާމާތުކުރުމަށް ހަރަދުކުރާކަށް ނުޖެހޭނެއެވެ. އަދި އަވިކަތަ ސްކީމަކީ އެކަމުގެ ސަބަބުން ތިމާވެއްޓަށް ގިނަގުނަ ފައިދާ އެއް ކުރާ ތިމާވެއްޓާއި ރަހުމަތްތެރި ސްކީމެއް ކަމުގައި ސްޓެލްކޯ އިން ބުނެފައިވެއެވެ.

ސްޓެލްކޯ އިން ގެންދަނީ 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި އިއާދަ ކުރުވަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކޮށް އެ މަސައްކަތް މަތީ ހަރުފަތަކަށް ގެންދިއުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

2030 ގެ ނިޔަލަށް ރާއްޖޭގައި ކާބަން ބޭނުން ކުރާ މިންވަރު ހަތަރު ބައިކުޅަ އެއްބަޔަށް މަދު ކުރުމަކީ މިސަރުކާރުގެ އަމާޒެކެވެ. އެހެންކަމުން ޖައްވަށް ބޭރުކުރާ ވިހަ މާއްދާތަކުގެ ނިސްބަތްމަދުކޮށް އިއާދަ ކުރުވަނިވި ހަކަތަ ބޭނުން ކުރުމަށް ކަމާއިބެހޭ އިދާރާ ތަކުން ދަނީ ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: