ބައިނަލްއަގްވާމީ ގޭމިންގ ޕްލެޓްފޯމް، އުރީދޫ ނޭޝަން ގޭމާރސް ލޭންޑް ރާއްޖެއަށް ތައާރަފްކޮށްފިއެވެ.
އެ ހިދުމަތް ތައާރަފްކޮށްދެއްވީ ޓޫރިޒަމް މިނިސްޓަރ ޑރ އަބްދުﷲ މައުސޫމް އާއި އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމަދީ އެވެ.
މިހާރުވެސް އުރީދޫ ގަތަރުން ބޭނުން ކުރަމުން އަންނަ އުރީދޫ ނޭޝަން އަކީ މޮބައިލް، ޕީސީ އަދި ގޭމިންގ ކޮންސޯލްތައް ބޭނުންކޮށްގެން ކުޅޭ މީހުންނ އެއްތަނަކުން ގުޅާލާ، ހާއްސަ މުބާރާތްތައް ބާއްވާ ގޭމިންގ ޕްލެޓްފޯމެކެވެ.
އުރީދޫ އިން ބުނީ މި ޕްލެޓްފޯމް ރާއްޖެއަށް ތައާރަފްކޮށްފައިވަނީ ރާއްޖޭގައި ގޭމިނގް ކޮމިއުނިޓީ އެއް ބިނާކޮށް، ހަލުވި ދުވެއްޔެއްގައި ކުރިއަރަމުން އަންނަ ގޭމިންގ އިންޑަސްޓްރީގެ ނިމުމެއް ނެތް ފުރުސަތުތަކާ ގުޅުވާލަދިނުމުގެ މަގްސަދުގައި ކަމަށެވެ.
އުރީދޫގެ 4ޖީ އަދި 5ޖީ ނެޓްވޯކާއި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއެކު ވެފައިވާ ޕާޓްނަރޝިޕްތަކުގެ އެހީގައި އުރީދޫ ނޭޝަންގެ އަމާޒަކީ ގޭމިންގ އާއި ގުޅުންހުރި ހުރިހާ ހިދުމަތާއި މައުލޫމާތެއް އެއް ޕްލެެޓްފޯމްގައި ގެނެސްދިނުން ކަމަށް އެކުންފުނިން ބުނެއެވެ.
އެގޮތުން އުރީދޫ ނޭޝަން މެދުވެރިކޮށް އައިޓިއުންސް، ނިންޓެންޑޯ، ޕްލޭސްޓޭޝަނާއި އެނޫންވެސް ދުނިޔޭޣެ އެކި ގޭމިންގ ޕްލެޓްފޯމް ތަކުގެ ގިފްޓް ކާޑު ގަނެވޭނެއެވެ. މީގެ އިތުރުން ގޭމް ކުޅޭ ފަރާތްތަކަށް ooredoonation.mv މެދުވެރިކޮށް ޕަބްޖީ، ގެރީނާ ފްރީ ފަޔަރ، މޯބައިލް ލެޖެންޑއސް، ކޯލް އޮފް ޑިއުޓީ އަދި ރޮބްލަކްސް ފަދަ ގިނަ ގޭމްތަކަށް މޮބައިލް ޑޭޓާ ޕެކްތައް އެކްޓިވޭޓް ކުރެވޭނެއެވެ.
ގޭމިންގ ޕެކްތަކާއި ގިފްޓްކާޑް އަދި ކޮންޓެންޓްގެ ހިދުމަތުގެ އިތުރުން އުރީދޫ ނޭޝަން އިން ގޭމް ކުޅޭ ފަރާތްތަކަށް އަގު ހުރި އިނާމުތަކާއެކު ލޯކަލް އަދި އިންޓަރނޭޝަނަލް މުބާރާތްތައް ވެސް ކުރިއަށް ދާނެކަމުގައި އުރީދޫއިން ބުނެފައިވެއެވެ.
އެގޮތުން އުރީދޫ ނޭޝަންގެ ފުރަތަމަ މުބާރާތް ކަމަށްވާ އުރީދޫ ޕަބްޖީ މޯބައިލް ޗެމްޕިއަންޝިޕް. 100،000 (އެއްލައްކަ ރުފިޔާ) ގެ އިނާމު ޕޫލަކާއެކު ރޭ ވަނީ އިއުލާން ކޮށްފައެވެ.
އުރީދޫއިން ބުނީ މި ޗެމްޕިއަންޝިޕްގައި ޕަބްޖީ ގެ ސިލްސިލާ މުބާރާތްތަކުގައި ބައިވެރިވެ ލެވަލް މަތިވާ ވަރަކަށް ފައިސާގެ އިބާމު އިތުރުވަމުންދާނެ ކަމުގައެވެ. އަދި ޗެމްޕިއަންޝިޕްގައި ބައިވެރިވާ ފަރާތްތަކުގެ ނަތީޖާ އާއި ވަނަ އުރީދޫ ނޭޝަން ލީޑާ ބޯޑްއިން ފެންނާނެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުރީދޫގެ މެނޭޖިންގ ޑިރެކްޓަރު ހާލިދު ހަސަން އަލް ހަމަދީ ވިދާޅުވީ ގޭމިންގ އިންޑަސްޓްރީ އިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ފުރުސަތުތައް ހުޅުވިގެން ގޮސްފައިވާ ކަމަށާއި މިއީ އައު ފުރުސަތުތަކާއެކު ރާއްޖޭގެ ގޭމިންގ ކޮމިއުނިޓީއަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.

