ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ އާ ދެކޮޅަށް ހަމަނުޖެހުން ހިންގި މީހުންގެ ފޮޓޯ އާންމުކޮށްފި

ޔޯގާ ދުވަހުގެ ހަމަނުޖެހުމުގައި ހައްޔަރުކުރި ފަރާތްތަކުގެ ވަނަވަރު އާއްމުކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

އިއްޔެ ގަލޮޅު ދަނޑުގައި ކުރިއަށް ދިޔަ ޔޯގާ ހަރަކާތުގެ ތެރެއަށް ވަދެ ހަމަނުޖެހުން ހިންގި މީހުންގެ ފޮޓޯ ފުލުހުން އާއްމުކޮށްފިއެވެ.

އެކަން ހާމަކޮށް ފުލުހުން ބުނި ގޮތުގައި އެހަރަކާތަށް ހުރަސް އަޅައި އެ ހަރަކާތުގައި ބައިވެރިވި ބޭރު ގައުމުތަކުގެ ސަފީރުންނާއި ޑިޕްލޮމެޓުން އަދި އާންމުންނާ ދެކޮޅަށް، ބިރުވެރިކަން އުފެދޭ ގޮތަށް އެތަނަށް ބަޔަކު ވަދެގަނެ ބައެއް މީހުންނަށް ހަމަލާދީ، ތަކެއްޗަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން އިއްޔެ ހައްޔަރުކުރި ހަ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން، އެ މީހުންގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 60  ދުވަހުގެ މުއްދަތެއް ކޯޓުން ވަނީ ކަނޑައަޅާފައެވެ. އަދި ދެ މީހެއްގެ ބަންދަށް ފަސް ދުވަސް މިއަދު ވަނީ ދީފައެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ކ. ތުލުސްދޫ ވީނަސް މުޙައްމަދު ނަދީމް (43އ) އާއި ކ. މާލެ، މއ. ކަނުހުރާ މުޙައްމަދު ޛިލްޔަން (37އ) އާއި ކ. މާލެ، ދަފްތަރު ނަންބަރު ދރ 1105، ޝާމީ ރަޝާދު އިދްރީސް (30އ) އާއި ތ. މަޑިފުށި ހެޕީސައިޑް މުހައްމަދު މައުސޫމް (40އ) އާއި ހއ. ތުރާކުނު ގްރީންހައުސް، މުހައްމަދު ހުސައިން (47އ) އަދި ގދ. ރަތަފަންދޫ ލިލީޕާރކް އަމީން އަޙްމަދު (35އ) އެވެ.

އެ މީހުންގެ ތެރެއިން 60 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ނަދީމާއި މުޙައްމަދު މައުސޫމް އާއި މުޙައްމަދު ހުސައިންގެ އިތުރުން އަމީން އަޙްމަދެވެ.

ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވަނީ މުޙައްމަދު ޛިލްޔަން އާއި ޝާމީ ރަޝާދު އިދްރީސްއެވެ.

މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތާއި ފޮޓޯ އަދި ވީޑިއޯ އެއްކުރުމަށް އޮންލައިން ޕޯޓަލްއެއް ވަނީ ގާއިމް ކޮށްފައެވެ. އެފަދަ މައުލޫމާތުތައް https://www.police.gov.mv/helpus/casetip އަށް ޒިޔާރަތްކޮށް ހިއްސާކުރުމަށް ފުލުހުން އެދިފައިވެއެވެ.

ފުލުހުން ގާއިމްކޮށްފައިވާ ޕޯޓަލް އަށް ފޮޓޯ އާއި ވީޑިއޯ ފޮނުވާ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ދޭ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.

ޔޯގާ ޑޭގެ ހަމަ ނުޖެހުމާއި ގުޅިގެން ރައީސް ސޯލިހުވެސް ވަނީ ޓްވީޓެއް ކުރައްވާފައިއެވެ. އެ މަނިކުފާނު ވިދާޅުވީ، އެ ހާދިސާ ސީރިއަށް ކަމެއްގެ ސިފައިގައި ބައްލަވާ ކަމަށެވެ. އަދި ހަމަ ނުޖެހުން ހިންގުމުގައ ޝާމިލުވި ފަރާތްތައް ލަސްތަކެއް ނުވެ އިންސާފުގެ ދޮރުމައްޗަށް ގެންނަވާނެކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ޔާމިނު ސަރުކާރުގަ ސަލަފް ކުދިން ތިބީ ބުދު ދީނުގަތޯ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: