ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ގިނަ ކޮމިޝަން އުފެއްދީ ސާލިހުގެ ސަރުކާރުން، އިސްރާފުވީ ފައިސާ!

ރައީސް އިބްރާހިމް މުހައްމަދު ސާލިޙް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ތާއީދު އޮތް ފަރާތްތަކުގެ ހިތްހަމަނުޖެހުން ރައްދުވުމުން މަޝްރަހު ފިނިކޮށްލަން ހެދި ރިޔާސީ ކޮމިޝަންތަކުން އެއްވެސް ނަތީޖާއެއް ނުނިކުމެ އިސްރާފްވީ ފައިސާއެވެ. މިއީ މިއަދު އެންމެ ގިނަ ބަޔަކު ދައްކާ ވާހަކައެވެ. އަދުގެ ސަރުޚާރަކީ އަދި މިޙާ ތަނަށް ދިވެހި ދިގު ތާރީހުގައިވެސް އެންމެ ގިނަ ރިޔާސީ ކޮމިޝަންތައް ނުވަތަ ކޮމެޓީތައް އުފެއްދެވި އެއް ސަރުކާރެވެ.

އޭގެ ތެރޭގައި:

  1. މަރު ކޮމިޝަން
  2. އެސެޓް ރިކަވަރީ ކޮމިޝަން
  3. ފްލެޓް ކޮމިޝަން
  4. ޖިނާއީ އިންސާފު ކޮމިޓީ
  5. ޖެއިލް ކޮމިޓީ
  6. ދީނާއި ހިލާފް ކަންކަން ބަލާ ކޮމިޓީ
  7. އެންމެ ފަހުން އިއްޔެ ޔޯގާ އާއި ދެކޮޅަށް ނިކުތް ފަރާތްތަކުގެ މައްސަލަބެލުމަށް ވަޒީރުންގެ ކޮމިޓީ

މަރުތަކަށް އިންސާފު ގާއިމްކޮށްދެއްވުމަށާއި ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދުމަށް އުފެއްދެވި ދެ ރިޔާސީ ކޮމިޝަނުން ނަތީޖާއެއް ނުނެރެވި އެކަމުގައި ފެއިލްވެ ވަޑައިގެންފި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިޙްވެސް ވަނީ ދާދި ފަހުން އެއްބަސްވެވަޑައިގެންފައެވެ. ނުވަ މަސް ދުވަހަށްފަހު ނޫސްވެރިންނާއި ބައްދަލުކުރައްވާ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރިޔާސީ ކޮމިޝަންތަކުން އެދެވޭ ނަތީޖާއެއް ނެރެވިފައިނުވާ ކަމަށާއި، އެކަން ގަބޫލުފުޅު ކުރައްވާ ކަމަށެވެ. އެމަނިކުފާނު އެހެން ވިދާޅުވި އިރުގައި މިސަރުކާރުން ވެރިކަމަށް އައުމަށް ކެމްޕޭން ދުވަސްވަރު އެންމެ ގަދައަށް ދެކެވުނު ވާހަކަ އަކީ ގޮތް ނޭނގޭ މަރުތަކަށް އިންސާފު ހޯދައިދޭނެ ކަމުގެ ވާހަކަ އާއި ދައުލަތަށް ގެއްލިފައިވާ ފައިސާ އަނބުރާ ހޯދުމުގެ ވާހަކައެވެ. އެވާހަކަ ތަކަށް ހެއްލި ރައްޔިތުން ވޯޓް ދީގެން ގެނައި މިވެރިކަމުގައި އެކަންތައްތައް މިވަނީ ބޭކާރުވެފައެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ސަރުކާރުގައި ހިންގި އެންމެ ބޮޑު ވައްކަމުގެ ތެރޭގައި ހިމެނޭ އެމްއެމްޕީއާރުސީގެ މައްސަލައިގައި ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް މިސަރުކާރުން މަސައްކަތް ކުރިއެވެ. އެގޮތުން އެސެޓް ރިކަވަރީ ކޮމިޝަނަކީ މިފަދަ މައްސަލަތަކާއި ދައުލަތުން ގެއްލިފައިވާ ދައުލަތުގެ ހައްގުތަކާއި މިލްކިއްޔާތުތައް ހޯދައި ތަހުގީގުކުރުމަށް އުފެއްދުނު ކޮމިޝަނެކެވެ. ނަމަވެސް މިހާރު ވަނީ މި ކޮމިޝަން އުވާލާފައެވެ. ކޮމިޝަން އުވާލިއިރު މިހާތަނަށް ކޮމިޝަނަށް ކުރެވިފައި ހުރި މަސައްކަތަކާއި މެދު ސުވާލު އުފެދެ އެވެ. އޭސީސީގައި ވެސް މައްސަލަތައް ފުނިޖެހިފައި ހުރި އިރު، ގާނޫނީ ހުސްކަމެއްގެ ތެރޭގައި ތަން އޮތެވެ.

ހިޔަނާތް ބެލުމުގައި އޭސީސީއަށް ވެސް އަދި މިހާރު ވުޖޫދުގައި ވެސް ނެތް އެސެޓް ރިކަވަރީ އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާއިރު، ނޫސްވެރިންގެ ބައްދަލުވުންތަކުގައި ރައީސް ސޯލިހާއި މި ސުވާލު ކުރެވިފައި ވެއެވެ. އެމަނިކުފާނު ދެއްވާ ޖަވާބަކީ މައްސަލަތައް މި ސަރުކާރުން ބަލާނެ ކަމަށެވެ. އެކަމަކު ނަތީޖާއެއް ނުނެރެވުނު، ކޮމިޝަނަށް ކުރި ގާތްގަނޑަކަށް 10 މިލިއަން ރުފިޔާގެ ވާހަކަ ކޮބާތޯ އެވެ. ތަބަކަށް ލައި އެކި މީހުންނަށް މަގާމުތައް ދީ، ނަތީޖާއެއް ނުނެރެވުނަސް ދައުލަތެއް ވަރިހަމަވެފައި އޮތުމަކީ އެއީ ރައީސުކްޖުމްހުރިއްޔާ ގެނެސްދިނުމަށް ވައުދުވީ ހެޔޮ ވެރިކަމުގެ ސިފައެއް ނޫނެވެ.

އެ ހުރިހާ މައްސަލަ އެއްވެސް ލަސްވެގެން ދިއުން ރައީސް މަތިކުރެއްވީ ކޮވިޑްގެ އާލަމީ ވަބާ އާއެެވެ. އަދި އެކަމަކީ ގަބޫލުކުރަން ދަތި ކަމެއްކަންވެސް ހުދު އެމަނިކުފާނު ގަބޫލުކުރިއެވެ. ސަބަބަކަށް ވަނީ އެހުރިހާ ކަމަކާ އެކުވެސް އެކަން ވާންޖެހޭނެ ކަމަށް އާންމު ރައްޔިތުން ގަބޫލު ކުރާތީ ކަމުގައި އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

ކަން މިހެން އޮތްއިރު ދެން އިވިގެންދިޔަ އިއްޔެ އަނެއްކާ އައު ކޮމިޝަނެއް ނުވަތަ މަޖިލީހެއް އުފެއްދެވި ވާހަކައެވެ. ރާއްޖޭގައި ޔޯގާ ޑޭ ހިންގުމާއި ދެކޮޅަށް ބަޔަކު ހިންގި ހަމަނުޖެހުން ބެލުއްމަށް ރާއްޖޭގެ ހުރިހާ ވަޒީރުން ހިމޭނޭނެހެން އުފައްދާފައިޥާ ކޮމިޝަނެއްގެ ވާހަކައެވެ. މީގެ ކުރީގައި އެތައް ބޮޑެތި މައްސަލަތަކެއް ފެންމަތިވެފައިވާއިރުވެސް އެއްވެސް ހާލަތެއްގައި މި ކޮމިޝަންގެ އަޑު އިވިފައެއްނެތެވެ. ގާނޫނާއި ގަވާއިދާއި ހިލާފަށް ނުވަތަ ރާއްޖެ އެ ޓެގަކުން މަޝްހޫރުކަން ހޯދާފައިވާ ސައްތައިން ސައްތަ މުސްލިމު ގައުމެއްގެ ސިފަ އާއިމެދު ސުވާލު އުފެދިގެންދާ ހާލަތައް ކަންތައްތައް ހިގައި ދިޔަ އިރުވެސް މި ކޮމިޝަނުން މީގެ އެއްވެސްކަމެއް ކުށްވެރިކޮށްފައެއް ނުވެއެވެ.

ކުރެވުނުކަމެއް ނެތްތާގައި ހަރަދުވީ ރައްޔިތުންގެ އަތުން ދައުލަތުގެ މާލިއްޔާތައް ނަގާފައިވާ ފައިސާކަން ޔަގީނެވެ. ހަވާލުކުރާނެ މަސައްކަތެއް ނުވަތަ އިށީންނާނެ ގޮޑިއެއް ނެތް ސިޔާސީ މަގާމުތަކެއް އުފައްދާ ދިޔައީ ދައުލަތުގެ ފަރާތުން މުސާރަ ދެމުންނެވެ.

މިފަދައިން އެތައް ބޭކާރު ހަރަދުތަކެއްކޮށް ރާއްޖެ ކުރިއަށް އޮތް އަހަރުގެ ތެރޭގައި ބަގުރޫޓު ވެދާނެކަމުގެ އިންޒާރު މާލީ ކަންކަމާއި ބެހޭ ބައިނަލްއަގުވާމީ އިދާރާތްތަކުން ދީފައިވީ ނަމަވެސް ފެނިގެންދަނީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުތަށް ފުއްދުމަށްޓަަކައި ބޭނުންވާ މަޝްރޫއުތަށް ހިންގުމަށް ބޮޑު އަދަދުން ލޯނު ނަގާ މަންޒަރެވެ. ދައުލަތުގެ މާލީ ރިޒާވް އެބަހުރިކަމާއިމެދު ރައްޔިތުންނާއި ނޫސްވެރިން ކުރަމުން އަންނަ ސުވާލުތަކަށް ދެއްވާ ޖަވާބާއި، ދެން އެއާއި ވިއްދާ އެބޭފުޅުން ދައްކަވާ ވާހަކަތައް އުޑާއި ބިމާހާ ތަފާތެވެ. ގައުމު ދަރަނީގެ ސަބަބުން ބަގުރޫޓު ވެދާނެ ހާލަތެއް ނެތްކަމުގައި ވިދާޅުވެ ދެން ރައްޔިތުންނާއި އަދި ސަރުކާރުގެ ކުންފުނިތަކުގެ ފާރާތުން އެދެނީ އަންދާޒާ ކުރެވިފައިވާ މިންވަރަށްވުރެ މައްޗަށް ހަރަދުތައް މަތިވެފައިވާތީ 5000 ރުފިޔާއިން މަތިން ހަރަދެއް ކުރަނީނަމަ ފިނޭންސް މިނިސްޓްރީއަށް އެއްގުމަށެވެ. ނަމަވެސް ކަންބޮޑުވެ ހާސްވާން ޖެހޭ ހާލަތެއް ނެތްކަމަށް ވިދާޅުވަމުން އަންނަނީ މާލީ ވަޒީރެވެ. މިއީ ސިޔާސީ ބޭނުމަށް ދުޝްމަނުން ދައްކާ ވާހަކައެއްކަމަށް ވިދާޅުވަނީ އިގްތިސާދީ ވަޒީރެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: