ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޯގާ އާއި ޖެހުމުން، ރައިސް ސޯލިހަށް އިލްމުވެރިން ދައްކާ ވާހަކައެއް ނީވޭ: އިޔާޒް

ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޯގާގެ މައްސަލައިގައި، ދީނީ އިލްމުވެރިން ދައްކަވާ ވާހަކަތައް ރައީސް އިބްރާޖިމް މުހައްމަދު ސޯލިހަށް އިވިވަޑައި ނުގެންނެވި ކަމަށް، ދީނީ އިލްމުވެރިޔާ ޑރ މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

ބައިނަލްއަގުވާމީ ޔޯގާގެ ދުވަސް ފާހަގަކުރުމަށް ޔޫތު މިނިސްޓްރީން، އިންޑިއަން ހައި ކޮމިޝަނާއި، އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން، ގަލޮޅު ދަނޑުގައި ކުރިއަށް ގެންދިޔަ، ހަރަކާތުގެ ތެރެއިން، މީހުންތަކެއް ދަނޑަށް ވަދެގަނެ، އެ ހަރަކާތް ހުއްޓުވުމުގެ ތެރޭގައި ހިންގައިފައިވާ ހަމަނުޖެހުމަށް އިޝާރާތްކުރައްވާ ޑރ އިޔާޒް ވިދާޅުވީ، ރައީސް ސޯލިހަކީ، މަޝްވަރާ ކުރުމަށް ލޯބި ކުރައްވާ ބޭފުޅެއްކަމަށެވެ. އަދި ރައިސް ސޯލިހަކީ ކަމާއި ބެހޭ ތަޖުރިބާކާރުންގެ އަޑުއައްސަވާ ބޭފުޅެއް ކަމަށް ފާހަގަކުރައްވާ އިޔާޒް ވިދާޅުވީ، އެހެން ނަމަވެސް، ޔޯގާގެ މައްސަލައިގައި، އިލްމުވެރިން އިހުލާސްތެރިކަމާއި އެކު، ދައްކަވަމުން ގެންދިޔަ ވާހަކަތައް ރައީސް ސޯލިހަށް އަޑުއިވިވަޑައިގެންފައި ނުވާކަމަށެވެ.

ރައީސް ސޯލިހަކީ ތަޖުރިބާކާރުންނާއި މަޝްވަރާ ކުރެއްވުމަށް ލޯބި ކުރައްވާ ބޭފުޅެއްނަމަވެސް، ޔޯގާގެ މައްސަލައިގައި ދީނީ އިލްމުވެރިން ދައްކަވާ ވާހަކަތައް އިވިފައި ނުވާކަމަށް ފާހަގަކޮށް، ޔޯގާ ޑޭގައި ގަލޮޅު ދަނޑުގައި ހިންގައިދިޔަ، ހަމަނުޖެހުންތަކަށް އިޝާރާތް ކުރައްވާ އިޔާޒު ވިދާޅުވީ، ޔޯގާއާއި ގުޅިގެން އިލްމުވެރިން ދައްކަވަމުންދިޔަ ވާހަކަތައް ރައީސް ސޯލިހަށް އިވިވަޑައިނުގެންނެވުމުން، ނުކުމެފައިވާ ނަތީޖާ ހިތިކަމަށެވެ. އަދި އެކަމުގެ ތެރޭގައި ބޭނުންނުވާ އަދި އަޑު އަހަން ފަސޭހަ ނޫން އެތައް ކަމެއް ފެނިގެން ގޮސްފައިވަކަމަށް އިޝާރާތްކުރައްވާ އިޔާޒް ވިދާޅުވީ، ކުރިމަގުގައި ދީނީ އިލްމުވެރިން ދެއްވާ އިރުޝާދުގެ ބޭނުން ފުރިހަމަކޮށް ހިފައްޕަވާނެކަމަށް އެނާ އުންމީދު ކުރައްވާ ކަމަށާއި، ދީނީ އިލްމުވެރިން ލަފާ އަރުވަނީ، ދުނިޔަވީ މަންފާއެއް ހޯދުމުގެ ބޭނުމުގައި ނޫންކަމަށްވެސް އެނާ އިޝާރާތް ކުރެއްވިއެވެ.

ޔޯގާގެ މައްސަލައިގައި ދީނީ އިލްމުވެރިން ދައްކަވާ ވާހަކަތައް ރައީސް ސޯލިހަށް އިވިވަޑައިނުގެންނެވުމުން، ނުކުމެފައިވާ ނަތީޖާ ހިތިކަމަށް ޑރ އިޔާޒް ވިދާޅުވެފައިވާއިރު، ޔޯގާ ޑޭގެ ނަމުގައި، ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރޭގައި ހިންގި ހަމަނުޖެހުމުގެ މައްސަލައިގައި، ދިވެހި ފުލުހުންގެ މުއައްސަސާއިން ވަނީ ހަ މީހަކު ހައްޔަރުކޮށްފައިއެވެ. ރައިސް ސޯލިހު މި މައްސަލައާއި ގުޅިގެން ޓްވީޓެއް ކުރައްވާ ވިދާޅުވީ، ޔޯގާ ޑޭގައި ހިންގާފައިވާ ހަމަނުޖެހުންތައް ސީރިއަސް މައްސަލައެއްގެ ސިފައިގައި ބަލަމުންދާކަމަށެވެ. އަދި އެކަމުގައި ޝާމިލުވި ފަރާތްތައް ލަސްނުވެ، އިންސާފުގެ ދޮރުމައްޗަށް ގެންނަވާނެކަމަށްވެސް ރައިސް ސޯލިހު ވަނީ ވިދާޅުވެފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: