ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ފޯރުކޮށްދޭ ކުންފުންޏަކަށް ހަމައެކަނި ސްޓެލްކޯ!

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓާރ އަހްމަދު ޝަރީފު
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. މާފުށީގެ ކުނި މެނޭޖުކުރުމުގެ މަސައްކަތާ ހަވާލުވެ، ރާއްޖޭގައި ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދޭ ހަމައެކަނި ކުންފުންޏަކަށް ސްޓެލްކޯ ވެއްޖެއެވެ.

ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކުންފުންޏާއި މާފުށީ ކައުންސިލާ ދެމެދު އެމްއޯޔޫއެއްގައި ވަނީ ސޮއިކޮށްފައެވެ.

ޓޫރިޒަމް ފުޅާވެފައި އޮތް މާފުށީގެ ކުނި މެނޭޖްކުރުމަށް ހާއްސަ ފެސިލިޓީއެއް އަޅައި އެ ރަށުން ތިލަފުއްޓަށް ކުނި ގެންދިއުމުގެ މަސައްކަތްކުރަން ސްޓެލްކޯ އިން ވަނީ އެއްބަސްވެފައެވެ. އަދި އެ ހިދުމަތާ އެކު، މާފުށީގައި ދެމެހެއްޓެނިވި ގޮތެއްގައި ގޭބީސީތަކުގެ ކުނި މެނޭޖްކޮށް، ލޯކަލް ޓޫރިޒަމް ކުރިއަރައި އިތުރު ވަޒީފާތަކެއް އުފެދިގެންދާނެ ކަމަށް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.

މިކަމަށް ހާއްސަކޯށް ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން ޔުޓިލިޓީސްގެ ހުރިހާ ހިދުމަތެއް ދިނުމުގެ ފަހުރު ސްޓެލްކޯއަށް ލިބުމަކީ ތާރީހީ ކަމެއްކަމަށެވެ. އޭނާ ވިދާޅުވީ މާފުށީގައި ދޭ ހިދުމަތް ރަނގަޅަށް ގެންދެވިއްޖެނަމަ އެ ހިދުމަތް ފުޅާކޮށް އެ އަތޮޅު ގުރައިދުއަށް ވެސް ފޯރުކޮށްދޭނެ ކަމަށެވެ.

މާފުށީ ކައުންސިލްގެ ރައީސް ހުސެއިން ސޮލާހް ވިދާޅުވި ގޮތުގައި އެ ރަށު ކުނި ގޮނޑުގެ އުނދަގޫ އެ ރައްޔިތުންނަށް ކުރަމުންދާތާ ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. އަދި އެބޭފުޅުން ކައުންސިލްކަމާއި ހަވާލުވެވަޑައިގެންފަހުން ރަށުގެ ކުނީގެ މައްސަލަ ކުރި އާއި ބަލައި ރަނގަޅު ކުރެވިއްޖެކަމަށް ވިދާޅުވެ ފާހަގަކުރެއްވީ، އެހެންކަމުން އެކަމަށް ހައްލެއް ލިބުމަކީ ބޮޑު ހިތްހަމަޖެހުމެއްކަމަށެވެ.

މާފުށިން ދުވާލެއްގެ މައްޗަށް 10 ޓަނެއްހާ ކުނި އުކާލައެވެ. އެ ތަކެތި އުކާލުމުގައި ބައެއް ފަހަރު މޫދަށް ވެސް އެޅެއެވެ. ނަމަވެސް، ސްޓެލްކޯގެ މި ހިދުމަތާއެކު އެ ހުރިހާ ކަމަކަށް ހައްލު ލިބި ރަނގަޅުގޮތުގައި ކުނި މެނޭޖެކުރެވޭނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދީފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: