ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލެސިޓީ ކައުންސިލްގެ ދެވަނަ ރައްޔިތުންގެ ބައްދަލުވުން ޖުލައި 19 ގައި

މާލެސިޓީ މޭޔަރ ޑޮކްޓަރ މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން ބާއްވާ ދެވަނަ ރައްޔިތުންގެ ބައްދަލުވުން އަންނަ ޖުލައި މަހު ބޭއްވުމަށް ނިންމައިފިއެވެ.

ކައުންސިލްތަކުން ބާއްވަން ގާނޫނުގައި ބަޔާންކޮށްފައިވާ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މާލެ ސިޓީ ކައުންސިލުން މިއަހަރު ބާއްވާ ދެވަނަ ބައްދަލުވުމާއި ގުޅޭގޮތުން މޭޔަރު މުހައްމަދު މުއިއްޒު ވިދާޅުވީ މި ބައްދަލުވުން އަންނަ މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމުގައެވެ.

އެގޮތުން އަންނަ ޖުލައި މަހުގެ 19 ވަނަ ދުވަހުގެރޭ 8.30 ގައި ލޮނުޒިޔާރަތް ޕާކުގައި މާލެސިޓީގެ ދެވަނަ އާއްމު ބައްދަލުވުން އޮންނާނެ ކަމުގައި މުއިއްޒު ވިދާޅުވިއެވެ.

މި ބައްދަލުވުމަކީ މީގެ ކުރިން ބޭއްވުނު ބައްދަލުވުން ތަކެކޭ އެއްފަދައިން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން ދޭން ބޭނުންވާ ހިޔާލުތަކަށް ފުރުސަތު ހުޅުވާލެވިގެން ކުރިއަށް ދާނެ ބައްދަލުވުމެކެެވެ.

އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމާއި ގުޅޭގޮތުން މުއިއްޒު އިތުރަށް ވިދާޅުވީ އެ ބައްދަލުވުމުގައި ކައުންސިލްގެ މަސައްކަތް ތަކާއި ކުރިއަށް އޮތް އަހަރަށް ކައުންސިލުން ރާވާފައިވާ މަސައްކަތްތަކާއި ގުޅޭގޮތުން މައުލޫމާތު ރައްޔިތުންނާއި ހިއްސާ ކުރެވިގެންދާނެ ކަމުގައެވެ.

އެގޮތުން މާލެ ސިޓީ ކައުންސިލްގެ މަސައްކަތްތައް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ރައްޔިތުންގެ ބައްދަލުވުމުގައި އިފްތިތާހު ކުރެވިގެންދާނެ ކަމުގައި މުއިއްޒު ވަނީ ވިދާޅުވެފައެވެ.

މާލެ ސިޓީ ކައުންސިލްގެ ދެވަނަ އާއްމު ބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް މުއިއްޒު ވަނީ އެދިވަޑައިގެންފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: