ދީނީ އިލްމުވެރިންނާއި މެދު އަދުލުވެރިކޮށް އަމަލުކުރުމަށް ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން އިލްތިމާސް ކުރައްވައިފިއެވެ.
ދީނީ އިލްމުވެރިންނަކީވެސް ދިވެހިރައްޔިތުން. ޤާނޫނާއެއްގޮތަށް ޢަދުލްވެރިކަމާއެކު އެބޭފުޅުންނާ މެދު އަމަލުކުރެއްވުމަށް އިލްތިމާސް ކުރަން. @ibusolih @ProgressPartyMV @PoliceMv
— Mohamed Waheed (@DrWaheedH) June 24, 2022
ޔޯގާ ހަރަކާތްތަކަށް ހުރަސްއެޅި މައްސަލައާއި ގުޅިގެން ކުރީގެ ރައީސް ޑރ ވަހީދު ވިދާލުވީ ދީނީ އިލްމުވެރިންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށެވެ.
އެހެންކަމުން ގާނޫނާއި އެއްގޮތަށް އަދުލުވެރިކަމާއެކު އެބޭފުޅުންނާ މެދު އަމަލުކުރެއްވުމަށް އިލްތިމާސް ކުރައްވާ ކަމަށެވެ.
ޑރ ވަހީދުގެ ޓްވީޓްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި ފުލުހުންގެ އިދާރާގެ އިތުރުން ޕީޕީއެމްގެ ރަސްމީ ޓްވިޓާ އެކައުންޓް ޓެގް ކުރައްވާފައިވެއެވެ.
ޔޯގާ ދުވަހާއި ގުޅިގެން ދެ ދީނީ އިލްމުވެރިން ވަނީ ހައްޔަރު ކޮށްފައެވެ. އެއީ އައްޝައިހް އާދަމް ނިޝާން ބިން އަލީ އާދަމއ އާއި އައްޝައިހް ފަޒްލޫން މުހައްމަދެވެ. މިދެ ދީނީ އިލްމުވެރިންގެ ބަންދަށް ވަނީ ހަތް ދުވަސް ކްރިމިނަލް ކޯޓުން ޖަހާފައެވެ. އަދި އެމީހުންގެ ދީނީ ފަތުވާ ދިނުމުގެ ހުއްދަ ވަނީ އިސްލާމިކް މިނިސްޓްރީ އިން ސަސްޕެންޑް ކޮށްފައެވެ.

