ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަލީ އާޒިމްގެ ފަރާތުން އާދަމް ޝަރީފަށް ހޫނު ބަސްތަކެއް!

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގައި ފިތުނަ ފަސާދަ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނަވަނީ ޕީއެންސީގެ ނައިބު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ކަމަށް މެދުހެންވޭރު ދާއިރާގެ އެމްޑީޕީ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ހުށައެޅުއްވި، ގައުމީ ސަލާމަތާއި ބެހޭ ބިލާއި ބެހޭގޮތުން ބަހުސް ކުރެވެމުންދިޔަ ދަނޑިވަޅުގައި އާޒިމް ވިދާޅުވީ، އެ ބިލަކީ ދިވެހިރާއްޖެއަށް މިވަގުތަށް ބޭނުންތެރި އެއްޗެއް ކަމަށެވެ. އެހެންނަމަވެސް ބިލުތައް ބޭރުކުރާ ކަމަށާއި ފުރުސަތު ނެތް ކަމަށް ވިދާޅުވެ އާދަމް ޝަރީފް ދައްކަވަނީ ފިތުނަވެރި ވާހަކަތަކެއް ކަމަށް އާޒިމް ވިދާޅުވިއެވެ. އެގޮތުން އޭނަ ވިދާޅުވީ އާދަމް ޝަރީފް ހުށައަޅުއްވާ ކޮންމެ މައްސަލައަކީ އަދި ކޮންމެ ގަރާރަކީވެސް ފިތުނަ އުފެއްދުމުގެ މަގުސަދުގައި، ރާއްޖެ ރަނގަޅު ދިމާލަކަށް ދިއުން ހުއްޓުވުމަށް ހުށައަޅުއްވާ ބިލެއް ކަމަށެވެ. އަދި އާދަމް ޝަރީފަކީ މަޖިލީހުގައި ފިތުނަ އުފެއްދުމުގައި އެންމެ އިސްކޮށް ހުންނެވި ބޭފުޅާ ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

ޝަރީފްގެ ޑިފެންސް މިނިސްޓަރުކަމުގައި މަޖިލީސް ކުރާ ގެއަށް ސިފައިން ވަދެ، އެ ސަރަހައްދުގައި ތިބި ބައެއް މަޖިލީސް މެންބަރުން އެތަނުން ނެރުނު ދުވަސް އާޒިމް ފާހަގަކުރެއްވިއެވެ. އާޒިމް ވިދާޅުވީ އެގޮތަށް ކަން ކުރައްވާފައި ތިއްބެވި ބޭފުޅުން މަޖިލީހުގެ ތަޅުމުގައި ޑިމޮކްރެސީގެ ވާހަކަދައްކަވަނީ ލަދު ނެތުމުން ކަމަށެވެ. ވޭތުވެދިޔަ ސަރުކާރުން ބޭއްވީ މަޖިލީސް ތަޅުއަޅުވާފައި ކަމަށް ވުމުން، ރައްޔިތުންގެ އަޑުއުފުލާ، ބަހުސްތައް ކުރިއަށް ގެންދިއުމަށް އެއްވެސް ޖާގައެއް ލިބިފައި ނުވާކަން އެނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އާދަމް ޝަރީފް ވަނީ ގައުމީ ސަލާމަތާއި ގުޅުންހުރި ބިލެއް ހުށައަޅުއްވާފައެވެ. އެ ބިލުގެ ދަށުން، އިންޓެލިޖެންސް ކޮމިޓީއެއް އުފައްދައި، ސެކްރެޓޭރިއަޓަކާ އެކު ރާއްޖެ ސަލާމާތާއެކު ކުރިއަށް ގެންދިއުމަށް ނިޒާމެއް ގާއިމު ކުރުމަށް ހިމަނާފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: