ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ރަށްވެހިން ކަމަށް ކަނޑައަޅާ މިންގަޑު އުވައިލުމަށް ކޯޓަށް ހުށައެޅުމަށް ތައްޔާރުވަނީ!

ހުޅުމާލެ ފޭސް 2 އިން ދިރިއުޅުމަށް ޖުމްލަ 60 ބިން ބީލަމުގެ އުސޫލުން ގަތުމުގެ ފުރުސަތު ހުޅުވައިލައިފި / ޑްރީންސްޓައިމް.ކޮމް
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސަރަހައްދުން ދިނުމަށް ނިންމާފައިާ ގޯތި ދޫކުރާ އުސޫލުގައި މާލޭގެ ރަށްވެހިންގެ ގޮތުގައި ބަޔާންކޮށްފައިވާ މާއްދާ އުވައިލުމަށް ހައިކޯޓަށް މައްސަލަ ހުށައެޅުމަށް ތައްޔާރުވެއްޖެއެވެ.

ގޯތި ދޫކުރާ އުސޫލު ގައިވާ ގޮތުން މާލޭގެ ރައްވެހިން ކަމުގައި ބަލާނީ ހަމަ އެކަނި މާލޭގައި ރަޖިސްޓްރީ ވެފައި ތިބި މީހުން އެކަންޏެވެ.

އެމައްސަލަ ކޯޓަށް ހުށައެޅުމަށް ތައްޔާރު ވަމުން ދަނީ ގާނޫނީ ވަކީލު ޝިހާދު އިބްރާހީމް އެވެ.

އޭނާ ވިއަދު ވިދާޅުވީ މާލޭގެ ރަށްވެއްސެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކީ މާލޭގެ މީހެއް ކަމަށާއި ވަކި ކަމެއްގައި މާލޭ ރައްޔިތުންނަށް ވަކި ގޮތަކަށް މާނަކޮށް ހައްގުތަކެއް ހަނި ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން އަންނަ ހަފްތާގައި އެ މައްސަލަ ހައި ކޯޓަށް ހުށައެޅުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ޝިހާދު ވިދާޅުވިއެވެ.

ޝިހާދު ވިދާޅުވި ގޮތުގައި ބައްޕަގެ ރަށަށް ކުއްޖާ ރަޖިސްޓްރީ ކުރަންޖެހޭ ގޮތަށް ކުރިން އޮންނަނީ މާލޭގެ މީހުންނާ އިނދެގެން ލިބިފައިވާ ކުދިންވެސް ރަޖިސްޓްރީ ކުރަނީ ބައްޕަ ނިސްބަތްވާ ރަށަކަށް ވާ ނަމައެވެ.

އޭގެ ތެރޭގައި ރަށްރަށަށް ވެސް އޭރު ރަޖިސްޓްރީކުރި މީހުން އެބަތިބި ކަމަށާއި މިހާރު އުސޫލު އޮތް ގޮތުން އެ މީހުންނަށް ވެސް ފުރުސަތު ގެއްލޭ ކަމުގައި އޭނާ ވިދާޅުވިއެވެ.

ސަރުކާރުން ހުޅުވާލާފައިވާ 3000 ގޯއްޗާއި 4000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: