ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭގައި 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަނީ

ހުޚުމާލޭގައި ގެއްލިގެން ހޯދަމުން އަންނަ ޝިއުނާ ހުެސެއިން ސިޔާން
ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގައި 18 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ ގެއްލިގެން ހޯދަމުން އަންނަނީ ޅ. ނައިފަރު، ލޮސްޓަސްމާގޭ، ޝިއުނާ ހުސެއިން ސިޔާނު ކަމަށެވެ.

އަދި އެ  އަންހެން މީހާގެ ފޮޓޯ ވެސް ފުލުހުން މިއަދު ވަނީ އާންމުކޮށްފަ އެވެ.

އޭނާ ވީނުވީއެއް ނޭނގި، އާއިލާ އަށް އެއްވެސް ޚަބަރެއް ނުވެގެން އާއިލާގެ ފަރާތުން އެ މައްސަލަ ފުލުހުންނަށް ރިޕޯޓްކުރީ މިދިޔަ ހުކުރު ދުވަހު ކަމަށް ބުންޏެވެ.

އެ މައްސަލަ ރިޕޯޓްކުރުމާ ގުޅިގެން އެ އަންހެން މީހާ ހޯދުމުގެ މަސައްކަތް ކުރަމުން އަޔަސް، މިހާތަނަށް ކުރި މަސައްކަތުން އޭނާގެ އެއްވެސް ޚަބަރެއް ނުވާ ކަމަށް ބުންޏެވެ.

އެހެންވެ، އެ އަންހެން މިހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ، ލަސްނުކޮށް، އެ މައުލޫމާތު ފުލުހުންނަށް އަންގައި  ރިޕޯޓްކުރަން ވަނީ އެދިފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: