ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަނަދޫ ބަނދަރު ފުންކުރުމުގެ 41 ޕަސެންޓް މަސައްކަތް ނިމިއްޖެ

މަނަދޫ ބަނދަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ނ. މަނަދޫ ބަނދަރުގެ ނެރު ފުންކުރުމާއި ބޭރުތޮށި ލުމުގެ މަޝްރޫއުގެ 41 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޓީސީސީ އިން ބުނެފިއެވެ.

މަޝްރޫއަށް ޕްރޮޖެކްޓް ސައިޓް މޮބިލައިޒް ކޮށްފައިވަނީ އޭޕްރިލް މަހުގެ ހަތްވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން މިވަގުތު ކުރިއަށް ދަނީ އާ ނެރަށް ވަދެވެން އޮންނަ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ.

މީގެ އިތުރުން 29،038 އަކަ މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި 195 މީޓަރުގެ ބޭރުތޮއްޓެއް ލުމާއި 188 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖަހައި ކޮންކްރީޓް ބްރިޖެއް އެޅުމާއި ރޭމްޕެއް ހެދުމާއި ނެރުބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މި މަޝްރޫއަކީ 32.1 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: