ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ ވެރިކަމުގެ ނިޒާމު އިސްލާހު ކުރުމަށް ގިނަ ރައްޔިތުން އެދޭ: ރައީސް ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ގާނޫނު އަސާސީގައި ޖޭއެސްސީއެކުލެވިގެންވާ ގޮތް އިސްލާހު ކުރުމަށް ހުށައެޅިފައިވާއިރު ދިވެހިރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރުމަށް މަޖިލީހުގެ އެތައް މެމްބަރުން އެދޭ ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގު ޖުޑީޝަރީ އިސްލާހުކުރުމަށް ހުށައެޅި އިސްލާހާއި ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ ގާނޫނު އަސާސީ އިސްލާހު ކުރުމުގެ އިސްލާހަކީ މުހިއްމު އިސްލާހެއް ކަމަށެވެ.

ގާނޫނު އަސާސީ މީގެ ކުރީގައި ނަވާރަ ވަނަ މަޖިލީހުން ތިން އިސްލާހެއް ގެނެވުނު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އެއީ ސްޕެޝަލް އިކޮނޮމިކް ޒޯން ހެދުމާއި ބިން ވިއްކުމުގެ ހުއްދަ ލިބިފައި އޮތް އިސްލާހާއި ހުއްދަ ދެވިފައި އޮތް އިސްލާހު އަނބުރާލުމަށް ގެނެވުނު އިސްލާހާއި ލާމަރުކަޒީ ގާނޫނުގައި ބުނާ މުއްދަތު ނުވަތަ ކައުންސިލްތަކުގެ މުއްދަތު ތިން އަހަރުން ފަސް އަހަރަށް ބަދަލު ކުރުމަށް ގެނެވުނު އިސްލާހެވެ.  މީގެ އިތުރުން ކުއްލި ނުރައްކަލާއި ގުޅޭގޮތުން ގާނޫނު އަސާސީގައި ބަޔާންކުރާ ކަންތަކުގެ ވާހަކަ ފުންކޮށް ދެކެވި އެދުވަހު ގާނޫނު އަސާސީ އަށް އިސްލާހު ގެނެވި ވަރަށް ބޮޑަށް މަސައްކަތް ކުރެވުނު ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހިރާއްޖެއަށް 1932 ގައި ފުރަތަމަ ގާނޫނު އަސާސީ އެއްލިބުމަށް ފަހު އެ ގާނޫނު އަސާސީ އަށް ވަނީ ތަފާތު އިސްލާހުތައް ގެނެވިފައެވެ. މިހާރު އަމަލުކުރަމުން ދަނީ ގާނޫނު އަސާސީގެ 14 ވަނަ އިސްލާހަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ކުރީގައި ގާނޫނު އަސާސީ އަށް ފަސޭހައިން އިސްލާހެއް ގެނައުމެއް ނޯންނަ ކަމަށާއި މީގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ގެންނަ އިސްލާހު ގެންނަނީ ހާއްސަ މަޖިލިސް އެއްކުރުމަށް ފަހުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ނަމަވެސް އެންމެ ފަހުން ގާނޫނު އަސާސީ އަށް އިސްލާހު ގެނެވުނު އިރު ރައްޔިތުންގެ މަޖިލީހުން އެއިސްލާހު ގެނެވޭ ގޮތަށް ވަނީ ބަދަލުކޮށްފައެވެ.

ގާނޫނު އަސާސީގައި ޖޭއެސްސީ އެކުލެވިގެންވާ ގޮތަށް އިސްލާހު ގެނައުމަށް ހުށައެޅިފައިވާއިރު ދިވެހި ރާއްޖޭގެ ވެރިކަމުގެ ނިޒާމު ހިންގުމަށް އިސްލާހު ގެނައުމަށް މަޖިލީހުގެ އެތައް މެމްބަރުން އެދޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މިހާރު އޮތް ރިޔާސީ ނިޒާމުގެ ބަދަލުގައި ބަރުލަމާނީ ނިޒާމެއް އޮތުމަށް ރާއްޖޭގެ އެތައް ރައްޔިތުންނަކާއި ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުން އެދެމުންދާ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންތިހާބު ކުރާގޮތް ނުވަތަ ވޯޓް ލިބެންޖެހޭ އަދަދު އިނގޭ ކަމަށެވެ. އަދި އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މެދުގައި ގާނޫނު އިސްލާޙު ކުރުމަށް ރައްޔިތުން ހިޔާލުފާޅުކުރަމުންދާކަމަށެވެ.

ގާނޫނު އަސާސީ އަށް ގެނެވޭ އިސްލާހު ތަކުގެ ތެރޭގައި ގާނޫނު އަސާސީ ބަޔާން ކުރާ މިނިވަން މުއައްސަސާތަކާއި އުފައްދާފައިވާ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނި ތައް ފަދަ ކަންކަމަށް ބަދަލު ގެނައުމަށް ގިނަ މެމްބަރުން އެދޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީގައި ދިވެހި ވެރިކަން ހިންގުމަށް ހަވާލުވެތިބޭ ދައުލަތުގެ މުވައްޒިފުންނާއި އެވެރިކަން ހިންގަންވީ ގޮތް ކަނޑައެޅުމަށް ތިބޭ ރައްޔިތުން އިންތިހާބު ކުރާ ސިޔާސި މީހުންނާއި ދެމެދު މަސްލަހަތުތައް ބެލެހެއްޓުމަށް ގާނޫނު އަސާސީ ވިސްނި ގޮތަކީ އެތައް ބައިވަރު މިނިވަން މުއައްސަސާ ތަކެއް އުފެއްދުމެވެ.

މަހިބަދޫ ދާއިރާގެ މެމްބަރު ހުށައެޅި އިސްލާހަކީ މިނިވަން މުއައްސަސާ އަކަށް އިސްލާހު ގެނައުމަށް ހުށައަޅާ އިސްލާހެއް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ސުޕްރީމް ކޯޓުގެ އަދަދު ގާނޫނު އަސާސީގައި ބަޔާންވެގެން ނުވާ ކަމަށާއި އެހެން ކަމުން އާއްމު ގާނޫނަކުން ސުޕްރީމް ކޯޓުގެ އަދަދު ބަދަލުވެދާ ކަމަށެވެ. އަދި އެކަމަކީ ވެސް ރައްޔިތުންގެ ކަންބޮޑުވުމެއްގެ ގޮތުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގައި 5000 ރައްޔިތަކަށް  ރައްޔިތުންގެ މަޖިލީހުގައި މެމްބަރަކު އިންތިހާބު ކުރަން ޖެހޭ ކަމަށާއި އެކަން އެގޮތަށް އޮތުމުން މަޖިލީހުގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުން ދާ ކަމުގައި ރައީސް ނަޝީދު ފާހަގަ ކުރެއްވިއެވެ.

އެހެން ކަމުން އެކަމާއި ގުޅިގެން ގިނަ ރައްޔިތުން ގާނޫނު އަސާސީ އަށް އިސްލާހު ހުށައެޅުމަށް އެދޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. މީގެ އިތުރުން ލާމަރުކަޒީ ނިޒާމްގެ ތަފްސީލެއް ގާނޫނު އަސާސީގައި އޮތުމަކީ ބޭނުންތެރި ކަމެއްގެ މަޖިލިސްގެ ގިނަ މެމްބަރުންނާއި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެދޭ ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

ގާނޫނު އަސާސީ އަށް ގެންނަން ޖެހޭ އިސްލާހުތައް އެކުގައި ގެނެވޭނެ ގޮތެއް ހޯދުމަށް ވަރަށް ބޮަޑަށް މަސައްކަތް ކުރެވިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ސިޔާސީ ޕާޓީތަކާއި މަޝްވަރާ ކުރެވުނު ކަމަށް ވެސް ވިދާޅުވިއެވެ.

ތޯރިގު، ގާނޫނުއަސާސީ އަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެއެސްސީ) އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ކޮބާ ރައްޔިތުންނޭ ބުނާ ބަހުގެ މައަނަޔަކީ. އަމިއް ވިސްނުމަށް ފެންނަ ރަގަޅު ގޮތަކީ ރާއްޔިތުން ބޭނުންވާ ގޮތްކަމަށް ބުނެ ވާހަކަ ނުދެއްކޭނެ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: