ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އަށް ތިން މެމްބަރުން އިންތިހާބުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ރާއްޖޭގެ ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީއަށް ތިން މެމްބަރުން އިންތިހާބު ކޮށްފިއެވެ.

ބާކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެވަނަ ބުރުގެ ރަސްމީ ނަތީޖާ ބާ ކައުންސިލުން އިއުލާންކޮށްފައިވާއިރު އެ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީ އަށް އިންތިހާބު ވެފައިވަނީ އަލީ އަބްދުއްލަތީފް އާއި ދީނާ ހުސައިން އަދި އާއިޝަތު މުނީޒާއެވެ.

އަލީ އަބްދުއްލަތީފަށް ލިބިފައިަނީ 234 ވޯޓެވެ. އަދި އާއިޝަތު މުނީޒާ އަށް 171 ވޯޓް ލިބިފައިވާއަރު ދީނާ ހުސައިން އަށް ލިބުނީ 241 ވޯޓެވެ.

މިއިންތިހާބުގައި 884 މެމްބަރުން ވޯޓްލުމަށް ވަނީ ރަޖިސްޓަރވެފައެވެ. އަދި ވޯޓްގައި ބައިވެރިވެ އިންތިހާބުގައި ވޯޓްލާފައިވަނީ 402 މެމްބަރުންނެވެ.

ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެމްބަރުން ހޮވުމަށް ބޭއްވުނު އިންތިހާބުގެ ދެވަނަ ބުރުގައި 5 ވަކީލުން ވަނީ ބައިވެރިވެފައެވެ.

މިދިޔަ މަދު ބޭއްވި ބާ ކައުންސިލްގެ އިންތިހާބުގައި އެ ކައުންސިލްގެ ރައީސްކަމަށް އިސްމާއިލް ވިޝާމް އަދި ނައިބު ރައީސް ކަމަށް މިޒްނާ އަހުމަދު ވަނީ އިންތިހާބު ކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: