ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބަދަކު އެންމެން މޮޔަ ހައްދާފައި ނުބޭތިއްބޭނެ!

ސަރުކާރު ކޯލިޝަންގެ އެންމެ އިސް ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ގާނޫނު އަސާސީއިން ކޮންމެ ދިވެހި ރައްޔިތަކަށްމެ ލިބިދީފައިވާ ހައްގެކެވެ.

އިސްލާމް ދީނާއި ހިލާފުނުވެ އެމީހެއްގެ މިނިވަން ހިޔާލާއި ފިކުރު ދުލާއި ގަލަމުން ލިޔެ ބަޔާން ކުރުމުގެ ހައްގަކީ ކޮންމެ ދިވެހި ރައްޔިތަކަށް ލިބިގެންވާ ހައްގެކެވެ. ހިތާލްފާޅު ކުރުމުގެ މިނިވަންކަން ދިވެހިންނަށް ލިބިގެން ދިޔައީ 2008 ވަނަ އަހަރުގެ ތެރޭގައެވެ. ގާނޫނު އަސާސީ އިސްލާހު ކުރެވުނު ފަހުންނެވެ. 2008 ވަނަ އަހަރުގެ ކުރިން ހިޔާލު ފާޅު ކުރުމަކީ ބިރުވެރިކަމެއް ކަމުގައި ވެސް ބުނެވިދާނެއެވެ. ސަބަބަކީ ބުނެވޭ ބަހަކާއި ކޮށްލެވޭ އަމަލަކުން ކުށަކަށްވެ ޖަލަށް ލާ ހިސާބަށް ގޮސްފައިވާތީއެވެ.

އޭރުގައި ވެރިކަން ކުރި ބޭފުޅުންގެ ވިސްނުމުގައި އެމީހަކު ބޭނުންވާ ވާހަކައެއް ދެއްކުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ގަބޫލު ނުކުރެވޭތީ އޭރު އަމަލު ކުރަމުން ދިޔަ ނޫ ގާނޫނުއަސާސީގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހިމެނިފައިނެތީއެވެ.

ޒަމާން ބަދަލުވެ ތަރައްގީވެ ދިޔަހެން ދިވެހިންގެ ވިސްނުމާއި ފިކުރު ތަހުޒީބު ވެގެން ގޮސް މިނިވަން ހިޔާލު ފާޅުކުރުމަށް ޖާގަ ދެވިގެން ދިޔައީއެވެ. ޒަމާނުއްސުރެ އެންމެ މީހަކު ބަސްބުނެ އެމީހެއްގެ ބަސް އެއީ އެންމެ ރަނގަޅު ބަސް ނޫންކަމަށް ބަދަލުވެ އެކަން އިސްލާހުކުރުމަށް ޖާގަ ދިނުމަށް މަޖުބޫރުވެސް ވެގެންދިޔައީއެވެ.

ގިނަ ބައެއްގެ ހިޔާލާއި ފިކުރު ބޭނުންކޮށްގެން ގިނަ ބަޔަކު އެއްބަސްވާ ގޮތަކަށް ކަމެއް ނިންމުމަކީ ގިނަ ކަންތައްތަކެއްގެ ހައްލު ކަމުގައި ވެގެން ދިޔައެވެ.

މުޖުތަމައުގައި އުފެދިފައިވާ ހިޔާލުތަފާތުވުން ތަކާއި ގޮތް ނުނިމިފައި ހުރި އެތަކެއް މައްސަލަތަކަށް ދާއިމީ ހައްލެއް ގެނުވައިދިނީ މި ބުނެވުނު ހިޔާލު ފާޅު ކުރުމުގެ މިނިވަން ކަމުގެ ތެރެއިންނެވެ. އަމިއްލަވަންތަ ކަމާއި އެކު ކެރިހުރެ އެމީހެއްގެ ހިތުގައި އުފެދޭ ޖަޒުބާތުތައް އަނެކާ އަށް ތިލަވާ މިންވަރަށް ތަންމިނަށް އެވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތް ކަމުގައި ދެކެން ފެށިއެވެ.

އޭރުގައި އެއިސްލާހު ގެނައި މީހުންނަށް އެކަމަށް ކުރި ބުރަ މަސައްކަތްތަކާއި ވި ގުރުބާނީ އަކީ މާޒީއެވެ. މާޒީ އިން އިބްރަތް ހާސިލް ކުރުމަށް އެންމެން ވެސް ބުނެއެވެ. ނަމަވެސް މާޒީ އިއާދަވެ ދާކަށް އެކަކުވެސް ނޭދޭނެއެވެ. ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދީފައިވަނީ ހަމައެކަނި ވަކި މަގްސަދެއް ހާސިލްކުރުމުގެ ނިޔަތުގައި ނޫންކަން އޭރުގައި ވިސްނާ ނުލެވުނީއެވެ.

މިނިވަން ހިޔާލާއި މިނިވަން ފިކުރަކީ ވަކި ބަޔެއްގެ އެއްޗެއްކަމަށް ވެދާނެ ކަމަށް ގަބޫލު ނުކުރެވުމަކީ ފަހަރުގައި ހެދުނު ގޯހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ކޮންމެއަކަސް މިނިވަންކަމޭ ބުނެ ވަކާލާތު ކުރާއިރު ނުފޫޒުން އެއްކިބާ ވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ދެކެމެވެ.

ނުފޫޒުގެ ތެރޭގައި ރަނގަޅު ނުފޫޒާއި ނުރަނގަޅު ނުފޫޒު ވެއޭ ބުނާއަޑުވެސް އިވެއެވެ. ނަމަވެސް ނުފޫޒު އޭގެ ޒާތުގައި ވެސް އެއީ ގޯހަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ. ނުފޫޒުގެ ބާރުން ކަންކަން ރަނގަޅުވެ ގޯސްވެއެވެ. ނުފޫޒުގެ ސަބަބުން ތަފާތު އެކި މައްސަލަތައް ދިމާވެއެވެ. ނުފޫޒާއެކު މިނިވަންކަން ގެއްލި އަޅުވެތިކަމަށް އެބުރެވެއެވެ. އަދި އަޅުވެތިކަމަކީ އެއްވެސް މީހަކު ގަޔާވާނެ ކަމެއް ކަމުގައި ނުވެއެވެ.

ސުވާލަކީ ނުފޫޒުން އެއްކިބާވެ ހިޔާލުފާޅުކުރުމުގެ މިނިވަން ކަން ހޯދިދާނެ ތޯއެވެ؟ މިނިވަން ކަމާއެކު އެ ވަޒަން ކޮށްލެވޭނެ ގޮތެއް ނުވަތަ އެހިޔާލު ފާޅު ކުރެވި އެބުނާ ބަސް ބޭނުންކޮށްގެން ކުރިއަށް ދިއުމަކީ ހަގީގަތުގައި އެކަން ހާސިލްވެގެން ދިއުމެވެ.

ވަކިކަމެއް ހާސިލުކުރުމަށް މިނިވަންކަން ދިނުމަކީ އެކަމެއް ހާސިލު ނުވުމުން އެކަން ހަނިކުރުމަށް ސަރުތު ކުރުމެއްވެސް ނޫނެވެ.

އިންތިހާބު ތަކާއި ދިމާކޮށް ހިތާލްދާޅު ކުރުމުގެ މިނިވަންަން ނިވާފަތްގަނޑަކަށް ހެދުމަކީ މިނިވަން ތަހުޒީބު މުޖުތަމައެއްގައި ކަން ކުރާނެ އުސޫލެއްނޫނެވެ. ސިޔާސީ ބޭނުމަކަށްޓަކައި ރައްޔިތުންގެ ލޮލުގައި އަޅުވައިލެވޭ އަނދުން ހިތި ހަބަރަށްވެ ޒަހަރަށް ވާފަހަރު ވެސް ފެންނަނީ މަދުފަހަރަކު ނޫނެވެ. އެހިސާބުން ސަހަރޯއޭ އެހެން ނުބުނެވުނު ނަމަ އޭ ހިތަށް އަރާ ފަހަރުވެސް މަދެއް ނޫނެވެ. ކޮންމެ ފަހަރަކުވެސް އެތަކެއް ހާސް ދޮގުތަކެއް ހެދި އެ ރަނާއި ޖަވާހިރުން ޖަރީ ކުރެވި ފަހުވަގުތު އެ ފުރުނީ ފޫނެތް ފަޔަށް ފެންކަން އެނގުމުން ހިތްހަމަ ނުޖެހި މާޔޫސްވާގޮތްވެއެވެ.

ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނޭ ބުނެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކޮށްދިނުމަށް އެތަކެއް ވައުދުތައްވެ އަންނަ ބަޔަކު އަވާމެންދުރު ދައްކައި އެ އަވައިގައި ޖެއްސުމުން ދެން އެކަމުން ފިލާވަޅު ލިބިގަންނަން ޖެހެއެވެ.

ހުރިހާ އެންމެނަކު އަބަދަކު މޮޔަ ހައްދާފައި ނުބޭތިއްބޭނެ ކަމުގައި ބުއްދިވެރިން ބުނެ އުޅެއެވެ. މިހާ ހިސާބުން އަނެއްކާވެސް އެނބުރެންޖެހެނީ އެއްކަލަ ނުފޫޒާއި ދިމާލަށެވެ. ނުފޫޒު ގަދަ މީހާގެ ބާރުވެސް ގަދަވާނޭ ބުނެވެނީ މިހާ ހިސާބުންނެވެ. ނުފޫޒުގެ ބޭނުންކޮށްގެން ބޭނުންވާ ކަންތައްތައް ހާސިލް ކުރުމުގައި އެއްބަޔަކު އަވަދިނެތި އުޅެއެވެ. އެމީހުންގެ ދުލުގައި ރައްޔިތުން, ހިތުގައި އަމިއްލަ އެދުމާއި ޖާހަތު ބާއްވައިގެން މަސައްކަތް ކުރަނީ އެކަން ހާސިލްކުރުމުގެ ނިޔަތުގައެވެ.

މިހާ ހިސާބުން ތެދުވެރިންނާއި އިހްލާސްތެރިންނާއި އިހްސާންތެރިންގެ ހަނދާން ކުއްލިއަކަށް ހިތަށް އާދެއެވެ. އެބައެއްގެ ހިލަމެއްވެސް މިދުނިޔޭގައި ނުވާފަދައެވެ.

ޒަމާނާއި ގުޅިގެން އެކަން ވެސް އޮޅި ދަނީއެވެ. ތެދުވެރިކަމަކީ ރިވެތި ސިފައެއް ނަމަވެސް ތެދުވެރިކަމާ އެއްވަރަށް މަކަރުވެރިކަމާއި ހީލަތްތެރިކަން އެކުވުމުން ތަފާތު ދެނެގަތުމަށް އުނދަގޫ ވަނީއެވެ. ވާނީވެސް އެހެންނެވެ. ރީތި ދޮގުވެރިންނާއި ފިތުނަވެރި ލޯތަކުގެ ވެރިން ފާރަލައިގެން ތިބެނީ ދަނޑިވަޅަކަށެވެ. ތަންވަޅުބަލައި ނަފްރަތުގެ ހުޅު ރޯކުރަނީ ގިނަފަހަރު ސިޔާސީ ވެރިންނެވެ. މި ރާއްޖެއާއި ދުނިޔޭގައި ވާ ހުރިހާ ސިޔާސީ ވެރިންނަކީ އިސްވެ ދެންނެވުނު ސިފަތަކާއެކު ކުރިއަށް ދާ ހީވާގި ބައެކެވެ. އެމީހުންގެ މުހުތާދުތައް ފިލުވުމަށް ރައްޔިތުން ގުރުބާން ކުރަމުން ގެންދާއިރު އެމީހުން ހަނދާނުގައި އެންމެންނަކީ ވެސް އިންސާނުންކަން ދެނެތިބޭނަމަ ކުރާ ކަންތައްތައް ކުރުމުގެ ކުރިން ވިސްނާލާނެ ކަމަށް އުއްމީދު ކުރެވެއެވެ.

އިންސާނީ ހައްގުތަކުގެ ވާހަކަ އާއި ހަމަހަމަ ކަމުގެ ވާހަކަ އަކީ ދައްކާ ކޮޅުންލާނެ ވާހަކައެއްނޫނެވެ. އިންސާނުންގެ ހައްގުތައް ހިމާޔަތް ކުރުމަށް ބިލިއަނުން މުއާހަދާ ހަދައި ކަރުދާސްތަކުގައި ލިޔެ ނެރެފައިވާ ހުރިހާ ފޮތެއް އެއްކޮށް އެކަމަށް ދުނިޔޭގައިވާ ހުރިހާ ކޯޓެއް ހުސްކުރި ނަމަވެސް އެ ހައްގު ލިބިފައިވަނީ މަދު ބަޔަކަށެވެ. ސަބަބަކީ އިންސާނީ ހައްގު ނުވަތަ އިންސާނީ ވަސީލަތަކީ ގިނަފަހަރު ގިނަ މީހުންނަށް އަގު ވަޒަންކުރުމަށް ދަތި އުނދަގޫ އެއްޗަކަށް ވާތީއެވެ.

އެވާހަކަ އެހިސާބުގައި ބާއްވާފައި ދެންވެސް ދައްކަން އޮތީ އަދި މާ ހައިރާންކުރުވަނިވި ވާހަކައެކެވެ. އިންސާނީ ހައްގުތަކާއިއެކު ހަމަހަމަ ކަމުގެ ވާހަކައެވެ. އެވާހަކަވެސް ދެއްކޭނީ  އަދުލު އިންސާފު ގާއިމް ހަމަހަމަ ކަމާއެކު ގާއިމް ކުރެވުނު ދުވަހަކުންނެވެ.

އެހެންކަމުން އިންސާފު އެކި މީހުންނަށް ލިބެނީ އެކި ވަރަށެވެ.

ވަރަށް ގަދަ
70%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 30%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. މީިހުންގެ އަބުރު ވެއްޔާމޮޑެލުމަނީ ހިޔާލުފާޅުކުރުމެއްނޫން. ބުންޏޭ ބުންޏެ ކިޔައިގެން އިންސާނެއްގެ ކަރާމާތް ނަގައިނުލެވޭނެ. އެމިނިވަންކަން ﷲ އެއްވެސް އިންސާނަކަށް ދެއްވާފަ ނުވާއިރު ނޫސްވެރިޔަކަށްވެސް ނުލިބޭނެ. މިވެނިނޫސްވެރިޔަކީ ވަރަށް ގަޓުހުރި މީހެކޯ…..

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: