ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އުފެއްދުމުގައި އިސް ދައުރެއް އަދާކުރެއްވި ގޯގޯ ލަތީފް އަވަހާރަވެއްޖެ 

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ފައުންޑިން މެންބަރުންގެ ތެރޭގައި ހިމެނޭ މުހައްމަދު ލަތީފް (ގޯގޯ ލަތީފް) އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

ގޯގޯ ލަތީފަކީ 2003 ވަނަ އަހަރު އެމްޑީޕީގެ ހަރަކާތްތައް ސްރީލަންކާގައި ފުރަތަމަ ފެށުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ބޭފުޅާއެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި 2003 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހު އީވާން ނަސީމް ޖަލުގައި މަރާލުމާއި އަދި އޭގެ ފަހުން ޖަލުގައި ބަޑި ޖަހައި ބަޔަކު މަރާލި ހާދިސާ ދުނިޔޭގެ ސަމާލުކަމަށް ގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރީ ގޯގޯ ލަތީފެވެ.

އޭނާ ވަނީ އެދުވަސްވަރު “ސީއެންއެން” އާއި “ރޮއިޓާސް” ފަދަ ދުނިޔޭގެ ނަން މަޝްހޫރު އެތައް ނޫހަކަށް ރާއްޖޭގެ ހާލަތު ކިޔައިދީފަައެވެ. އަދި ސްރީލަންލާގައި ތިއްބަވާ އެކި ގައުމުތަކުގެ ސަފީރުންނާއި ބައްދަލުކުރައްވާ ރާއްޖެއަށް އިސްލާހީ ބަދަލުތައް ގެންނަން ދިވެހި ސަރުކާރަށް ޕްރެޝަރު ކުރުމުގައި ގޯގޯ ލަތީފް މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.

ގޯގޯ ލަތީފްގެ ދަރިކަނބަލުން ޖެނިފާ ލަތީފަކީ ވެސް ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އިސް ދައުރެއް އަދާކުރެއްވި ބޭކަނބެލެކެވެ.

ގޯގޯ ލަތީފް ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ ހިއުމަން ރައިޓްސް އެމްސެބެޑަރުގެ މަގާމު ވެސް އަދާކުރައްވާފައެވެ.

2012 ވަނަ އަހަރުު ރައީސް ނަޝީދުގެ ވެރިކަން ނިމުނުފަހުން ވެސް އޭނާ އެމްޑީޕީގެ ބައެއް މުޒާހަރާތަކުގައި ބައިވެރިވިއެވެ. ނަމަވެސް އޭގެފަހުން ސިޔާސީ މަސްރަހުން ގޯގޯ ލަތީފް ނުފެނެއެވެ. އޭނާ ފަހަކަށް އައިސް ދިރިއުޅުއްވަމުން ގެންދެވީ ސްރީލަންކާގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: