ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިޤާލީ އިންސާފުގެ އޮފީހުން ހުށަހެޅި މައްސަލައެއްގެ އިނީޝަލް ބައްދަލުވުންތައް ނިންމާލައިފި

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީހާއި ބައްދަލުކުރުން/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިންތިޤާލީ އިންސާފުގެ އޮމްބަޑްސްޕަރސަންގެ އޮފީސް (އޯ.ޓީ.ޖޭ) އަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން އެއް މައްސަލަ ފިޔަވައި އެހެން ހުރިހާ މައްސަލައެއްގެ އިނީޝަލް ބައްދަލުވުން ނިންމާލައިފިއެވެ.

މިގޮތުން މިހާތަނަށް އިނީޝަލް ބައްދަލުވުން ބޭއްވިފައި ނުވާ ހަމައެކަނި މައްސަލައަކީ، މައްސަލަ ހުށަހެޅި ފަރާތް ނިޔާވުމުގެ ސަބަބުން ޢާއިލާގެ ދެން ތިބި ބޭފުޅުންނާއެކު ކުރިއަށްގެންދަންޖެހޭ މައްސަލައެއްގައެވެ.

މީގެއިތުރުން، އިންތިގާލީ އިންސާފުގެ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ގާތްގަނޑަކަށް ދެބައިކުޅަ އެއްބައަށްވުރެ ގިނަ މައްސަލަތަކުގެ ތަޙުޤީޤު ނިމިފައިވާއިރު، ދެން ކުރިއަށް އޮތީ އެ މައްސަލަތަކުގެ ތަޙުޤީޤު ރިޕޯޓު އެކުލަވާލުމުގެ މަސައްކަތެވެ. އަދި، ބައެއް މައްސަލަތަކުގެ ތަޙުޤީޤަށްފަހު ޞުލްޙަކުރުމުގެ މަރުޙަލާވެސް ނިމި، އެ މައްސަލަތަކުގައި މައްސަލަ ހުށަހެޅި ފަރާތް އެދުނު ގޮތަށް ޙައްލު ހޯދައިދެވިފައިވާއިރު، މި މައްސަލަތަކުގައި މިހާރު ކުރިއަށްދަނީ މި މަރުޙަލާ ނިންމައި ސޮއިކުރަންޖެހޭ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތެވެ.

މިހާތަނަށް އޯ.ޓީ.ޖޭ އިން ވަނީ އޮފީހަށް ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ވިކްޓިމް ސަޕޯޓް ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް 53 ވިކްޓިމް ސަޕޯޓް ސެޝަން ކުރިއަށްގެންގޮސްފައެވެ. އަދި، ތަޙުޤީޤު ނިމިފައިވާ މައްސަލަތަކުގައި ފާހަގަކުރެވުނު ކަންތައްތަކަށް ރިޢާޔަތްކޮށް ކަމާބެހޭ މުއައްސަސާތަކަށް ދޭންޖެހޭ ރިކޮމެންޑޭޝަންތައް ތައްޔާރުކުރުމުގެ މަސައްކަތާއި، އެކަމާ ގުޅިގެން ބާއްވަންޖެހޭ ބައްދަލުވުންތައް ބޭއްވުމުގެ މަސައްކަތްވެސް ހަލުވިމިނުގައި ކުރިއަށް އެބަދެއެވެ.

މީގެ އިތުރުން، ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން ބޭއްވި ޕަބްލިކް ހިއަރިންގެ ފުރަތަމަ ބައިން ނެގުނު ބަޔާންތަކާއި، ހާދިސާއާ ގުޅޭ ފޮތްތަކާއި އެހެނިހެން ލިޔެކިޔުންތައް ދިރާސާކޮށް، އިތުރަށް ބަޔާންދެވިދާނެ ކަމަށް ބެލެވޭ ފަރާތްތައް ފާހަގަކުރުމުގެ މަސައްކަތް އިންތިގާލީ އިންސާފުގެ އޮފީހުން މިހާރު ކުރަމުންދާއިރު، މި މަސައްކަތް ނިމުމުން ޕަބްލިކް ހިއަރިންގެ މާލޭގެ އަޑުއެހުން ބާއްވާނެ ތާރީޚެއް އިޢުލާންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހާރު ތަޙުޤީޤު މަރުޙަލާ ނުނިމި ހުރި މައްސަލަތަކުގެ ތަޙުޤީޤު، ޤާނޫނާއި ގަވާއިދާ އެއްގޮތަށް ކުރިއަށްގެންގޮސް ކުރިއަށް އޮތް ދުވަސްތަކުގައި ނިންމާލުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޯ.ޓީ.ޖޭ އިން ދަނީ ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: