ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ތަސްދީގުކުރައްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސާލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގެ ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް އިސްލާހުގެނައުމުގެ ބިލު ރައީސް އިބްރާޙިމް މުހައްމަދު ސާލިހު މިއަދު ތަސްދީގުކުރައްވައިފިއެވެ.

މި ބިލަކީ ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ދެވަނަ ދައުރުގެ 22 ވަނަ ޖަލްސާއިން ފާސްކުރެވުނު ބިލެކެވެ.

ފަތުރުވެރިކަމާއިބެހޭ ގާނޫނަށް ގެނެވުމުނު އިސްލާހުގެ މައިގަނޑު ބަދަލުތަކުގެ ތެރޭގައި ޓޫރިޒަމާއިބެހޭ ގާނޫނުގެ ދަށުން ޖޮއިންޓް ވެންޗަރ އުސޫލުން ކުއްޔަށްދޫކޮށްފައިވާ ރަށްތައް ކުއްޔަށް ހިފާފައިވާ ކުންފުނިތަކުގެ ހިއްސާ ވިއްކާލުމުގައި މާކެޓް ވެލިއުއަށް ރިއާޔަތްކޮށް ހުރިހާ ފަރާތެެއްގެ ވެސް ހައްގުތައް ހިމާޔަތްކުރެވޭނެ އުސޫލެއްގެ ތެރެއިން އެ ތަންތަނުގެ ހިއްސާގެ އަގު ކަނޑައެޅޭނެ ގޮތަކަށް މަގުފަހިކޮށްދިނުމާއި ކައުންސިލްތަކަށް އެކަށީގެންވާ އާމްދަނިއެއް ލިބޭފަދަ ގޮތަކަށް މާކެޓް ވެލިއުއަށް ބިންތައް ކުއްޔަށް ދޫކުރުމަށް މަގުފހިކޮށްދިނުމާއި މީހުން ދިރިއުޅޭ ރަށްތަކުގައި ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ހައްގުތައް ބަދަލުކުރުމުގައި ހުއްދަދެވޭ ފަރާތަކީ ކައުންސިލްތައް ކަމުގައި ކަނޑައެޅުން ހިމެނެއެވެ.

މި އިސްލާހުގެ ދަށުން ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނެވޭ އިސްލާހުތަކާ ގުޅިގެން އެކުލަވާލަންޖެހޭ ގަވާއިދުތައް މި ގާނޫނަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ހަދައި، ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރަންޖެހެއެވެ.

އަދި މިނިސްޓްރީ އޮފް ޓޫރިޒަމް އިން ހުއްދަ ދީގެން ފަތުރުވެރިން ބޭތިއްބުމަށް ރަޖިސްޓްރީކޮށްފައިވާ ޓޫރިސްޓް ހޮޓާ، ޓޫރިސްޓް ގެސްޓް ހައުސް އަދި ޔޮޓް މެރީނާތަކުގެ ހިންގުމުގެ ހުއްދަ މި އިސްލާހުގައި ބަޔާންކޮށްފައިވާ ގޮތަށް މި އިސްލާހު ގާނޫނަކަށްވެ އަމަކުކުރަން ފަށާ ތާރީހުން ފެށިގެން 12 (ބާރަ) މަސްދުވަސް ހަމަވާ ތާރީހުގެ ކުރިން ބަދަލުކުރަންޖެހެއެވެ. އަދި އެފަދަ ތަންތަން ހިންގުމަށް މި އިސްލާހަށް އަމަލުކުރަން ފެށުމުގެ ކުރން މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ އެ މުއްދަތު ހަމަވަންދެން ދެމިއޮންނާނެ ކަމުގައި ވެސް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޓުއަރިޒަމާ ބެހޭ ގާނޫނަށް 11 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ސާލިހު މިއަދު ތަސްދީގު ކުރެއްވުމާއި ގުޅިގެން އެ ގާނޫނު ވަނީ ދިވެހި ސަރުކާރުގެ ގެޒެޡޓްގައި ޝާއިޢު ކުރެވިފައެވެ. އެ ގާނޫނަށް އަމަލު ކުރަން ފަށާނީ ގާނޫނު ފާސްވެ ފަސްދީގުކޮށް ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢު ކުރާ ދުވަހުން ފެށިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: