ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ދައުލަތުގެ އާމްދަނީއަށްވުރެ ހަރަދު އިތުރުވެގެންދާނެ: އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލީ ކަންކަމުގައި ރާއްޖޭގައި މިހާރު އަމަލު ކުރަމުންދާ ސިޔާސަތުތަކަށް ބަދަލު ނުގެނެސްފިނަމަ ދައުލަތުގެ ހަރަދުތައް އިތުރުވެގެންދާނެކަމަށް ފިނޭންސް މިނިސްޓާ އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށްދާ ނޫސްވެރިންގފެ ބައްދަލުގައި ވާހަކަދައްކަވަމުން އަމީރު ވިދާޅުވީ ޔޫކްރެއިން ރަޝިޔާ ހަގުރާމައިގެ އިތުރުން ކޮވިޑްގެ ސަބަބުން އިގްތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާކަމަށެވެ. އަމީރު ފާހަގަކުރެއްވީ ދަރަންޏާއި ފިސިކަލްތައްދެމެހެއްޓެނިވިކަން ކަށަވަރުކުރަން ހުރި ގޮންޖެހުންތައްވެސް އިތުރުވެގެންދާނެކަމަށެވެ. މިހާރު ކުރިއަށް ދާ ގޮތަށް ދާނަމަ ދައުލަތުގެ އާމްދަނީ 2025 ވަނަ އަހަރާއިހަމައަށް 30 ބިލިއަން ރުފިޔާއަށް އަރާނެކަމަށް އަމީރު ވިދާޅުވިއެވެ.

އެހެންކަމުން އާމްދަނީ އިތުރުކޮށް، ހަރަދުތައް އިތުރުވާ މިންވަރު ކޮންޓްރޯލްކުރަން ފިޔަވަޅު ނާޅައި ތިބެއްޖެނަމަ، 2023 ވަަނަ އަހަރު 46 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށައަޅަން ޖެހޭނެކަމަށް ވިދާޅުވިއެވެ. އަދި މިއީ ބޭރުގެ މާލީ ބާޒާރުގެ ހާލަތާއި ދުނިޔޭގެ މާލި ޙާލަތަށް ބަލައި ފައިނޭންސް ކުރެވޭނެ މިންވަރެއް ނޫންކަމަށް އަމީރް ފާހަގަކުރެއްވިއެވެ.

އިގްތިސާދީ ހަރަކާްތް ފުޅާވެ އާމްދަނީ އިތުރުވެގެން ދިޔަނަމަވެސް ހަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ސިޔާސަތުތަކެއް ރާވަން ޖެހޭކަމަށް އަމީރު ވިދާޅުވިއެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 75%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: