ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަންކާ ފައިސާގެ އަގުދައްވެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް!

ސްރީލަންކާގައި ހިންގާ މުޒާހަރާގެ ތެރެއިނ: ފޮޓޯ / ސޯށަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކަން ރުޕީގެ އަގު ދަށްވުމުގެ ސަބަބުން، އެގައުމުގެ ރައްޔިތުންގެ، އެމްޕްލޯޔީ ޕްރޮވިޑެންޓް ފަންޑާއި، އެމްޕްލޯޔީ ޓްރަސްޓް ފަންޑުގައި ޖަމާވެފައި ހުރި ފައިސާގެ އަގަށް ފަންސާސް އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށް، އެ ގައުމުގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންގެ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އެގައުމުގެ މާލީ ހާލަތު ބަޔާންކޮށް ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، އެ ގައުމުގެ އިންފްލޭށަން މައްޗައް ދިއުމާއި، ފައިސާގެ އަގު ދުނުޔޭގެ ނިސްބަތުން ވެއްޓިގޮސްފައިވުމުގެ ސަބަބުން، ރައްޔިތުންގެ އެމްޕްލޯޔީ ފަންޑު އަދި ޓްރަސްޓް ފަންޑުގައިވެސް ޖަމާވެފައި ހުރި ފައިސާގެ އަގަށް ވަނީ ފަންސާސް އިންސައްތައިގެ ދަށްވުމެއް އައިސްފައިކަމަށެވެ. އަދި ޕެންޝަންގެ އަސްލު އަގުވެސް ފަންސާސް އިންސައްތައިން ދަށްވެފައިވާކަމަށް އެނާ ވިދާޅުވިއެވެ.

ސްރީލަންކާގެ މާލީ ހާލަތު ބަޔާންކޮށް އިތުރަށް ވާހަކަދައްކަވަމުން އެގައުމުގެ ބޮޑު ވަޒީރު ރަނިލް ވިދާޅުވީ، ޕެންޝަން ފައިސާގެ އަސްލު އަގު ބޮޑުތަނުން ދަށްވުމުން އެކަމުގެ އަސަރު އުމުރުން ދުވަސްވެފައިވާ މީހުންނަށް ކުރާނެކަމަށެވެ. އަދި ރައްޔިތުންނަށް ލިބޭ ފައިސާގެ އަގު ދަށްވުމުން، ގިނަ ގުނަ ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ސްރީލަންކަން ރުޕީގެ އަގު ދުނިޔޭގެ މާރކެޓުގައި ވެއްޓިފައިވާކަމަށާއި، އެކަމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ދަތިތައް ކުރިމަތިވެފައިވާކަމަށް ފާހަގަކުރައްވާ އިތުރަށް ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، އެކަމުގެ ސަބަބުން، ގައުމެއްގެ ހައިސިއްޔަތުން، ރައްޔިތުންނަށް ބޭނުންވާ ތަކެތި ގަތުމަށްވެސް ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިލާންޖެހިފައިވާކަމަށެވެ.

މާލީ ހާލަތާއިމެދު އިތުރަށް ވާހަކަދައްކަވަމުން، ރަނިލް ވިދާޅުވީ، އެގައުމަށް ކުރިމަތިވެފައިވާ ހާލަތު، ހަމައަކަށް އަޅުވަން ކުރެވިދާނެ ކަމަކީ ފައިސާގެ އަގު މައްޗަށް ޖެއްސުންކަމަށެވެ. އަދި އެކަމަށް ސަރުކާރުން ހައްލެއް ގެނައުމަށް ވިސްނާފައިވާކަމަށް އެނާ ވިދާޅުވިއެވެ. އެގޮތުން ފައިސާ ޗާޕުކުރުން މަދުކުރުމަށް ނިންމާފައިވާކަމަށްވެސް އެނާ ފާހަގަކުރެއްވިއެވެ.

ފައިސާ ޗާޕު ކުރާ އަދަދު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާކަމަށް ވިދާޅުވެ އިތުރަށް ވާހަކަދައްކަވަމުން ރަނިލް ވިދާޅުވީ، އެކަން ކުރި ނަމަވެސް، 2023 ވަނަ އަހަރުގެ ތެރޭގައިވެސް އެކި ފަހަރުގެ މަތިން ފައިސާ ޗާޕު ކުރަން ޖެހޭނެކަމަށެވެ. އެހެންނަމަވެސް، 2024 ވަނަ އަހަރުގައި އެކަން ކުރުން ހުއްޓުމަށް ގަސްތު ކުރާކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ދިވެހިރާއްޖެއާއި ގާތުގައި އޮންނަ އަވައްޓެރި ގައުމު ސްރީލަންކާގެ ހާލަތުވަނީ އިންތިހާއަށް ގޯސްވެފައިއެވެ. އެ ގައުމުގެ ވެރިކަންކުރާ ފަރާތްތަކުގެ އިސްތިއުފާއަށް ގޮވާލާ މުޒާހަރާތައް ކޮށް، އެތައް ހަމަނުޖެހުންތަކެއްވެސް ހިންގާފައިވެއެވެ. މާލީ އަދި އިގްތިސޯދީ ހާލަތު ގޯސް ސްރީލަންކާގައި، ސަރުކާރުންވަނީ ފައިސާތަކެއް ޗާޕުކޮށްފައިއެވެ. އެކަން ކުރުމުގެ ސަބަބުން، ދުނިޔޭގެ ނިސްބަތުން އެގައުމުގެ ފައިސާގެ އަގުވަނީ އިންތިހާއަށް ދަށަށްގޮސްފައިއެވެ. އަދި އިންފްލޭޝަންއާއި އެކު، ތަކެތީގެ އަގުތައް ބޮޑުވެ އެގައުމުގެ ރައްޔިތުންނަށްވަނީ އެތައް ދަތިތަކެއް ތަހައްމަލު ކުރަން ޖެހިފައިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: