ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯގެ ނުވިކި ހުރި ފްލެޓްތައް ވިއްކަން ހުޅުވާލައިިފި

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ސްޓެލްކޯގެ ފްލެޓްތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯގެ މުވައްޒަފުންނަށް ހާއްސަކޮށް އިމާރާތްކޮށްފައިވާ ފްލެޡޓްތައް ގަތުމުގެ ފުރުސަތު އެ ކުންފުނީގެ މުވައްޒަފުންނަށް ހުޅުވާލައިފިއެވެ.

ސްޓެލްކޯއިން މިއަދު ބުނީ ސްޓެލްކޯ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ޓަވަރުގައި މިހާތަނަށް ނުވިކި ހުރި އެޕާޓްމެންޓްތައް ގަތުމަށް ޝައުގުވެރިވާ މުވައްޒަފުންނަށް ވިއްކަން ނިންމާފައިވާ ކަމަށެވެ.

އެ ކުންފުނީގެ ސްޓާފް ހައުސިން ޕްރޮޖެކްޓްގެ ދަށުން 360 އެޕާޓްމަންޓް ވަނީ ހަދާފައެވެ. ސްޓެލްކޯ އިން ބުނި ގޮތުގައި މި ވަހުޔު ނުވިކި ހުރީ 30 އެޕާޓްމަންޓެކެވެ. އެއީ ޓޫޕްލަސް ވަންގެ 16 އެޕާޓްމަންޓާއި އެއް ކޮޓަރީގެ 16 އެޕާޓްމަންޓެވެ.

މި ފްލެޓްތަކަށް ޝަރުތު ހަމަވަނީ ސްޓެލްކޯގައި ދެ އަހަރު މަސައްކަތްކޮށްފައިވާ މީހުްނެވެ. އެމީހުންގެ ދިރިއުޅުމުގެ ހާލަތާއި މާލޭގައި ގެދޮރު ހުރިތޯ ވެސް ބަލާނެ އެވެ. އަދި ފްލެޓްގެ ވިހި ޕަސެންޓް ޑައުންޕޭމަންޓްގެ ގޮތުގައި 350،000 ރުފިޔާ މި ޑިސެމްބަރު މަހުގެ ކުރިން ދައްކަން ޖެހޭނެއެވެ.

ކުރިން ފްލެޓްގަތް މުވައްޒަފުން ވަނީ އެމީހުންގެ ޑައުން ޕޭމަންޓް އެއްކޮށް ދައްކާ ނިންމާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: