އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ބަންގްލަދޭޝްގެ އަލަމްގީރް އާއި އޭނާއާއެކު ގުޅުން ހިންގިކަމުގެ ތުހުމަތުކުރާ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ ޕާސްޕޯޓު ހިފަހައްޓައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ އެއްޖިންސުން ގުޅުންހިންގި ކަމުގެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދިއުމާ ގުޅިގެންނެވެ.
ފުލުހުންގެ އިދާރާއަށް ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާއި ގުޅޭ އިތުރު ތަފްސީލެއް ލިބިފައެއް ނުވެއެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެއްޖިންސުން ގުޅުން ހިންގާ މަންޒަރު ފެންނަ ވީޑިއޯތަކަކާއި ފޮޓޯ ތަކެއް ވަނީ ޝޯސަލް މީޑިއާގައި ދައުރުވާން ފަށާފައެވެ. އެގޮތުން އެވީޑިއޯތަކުގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރު ކަމަށް ތުހުމަތު ކުރެވޭ މީހަކާއި ކުރީގެ ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ކަމަށް ތުހުމަތުކުރެވޭ މީހަކާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ކަމަށް ތުހުމަތު ކުރެވޭ ބަރަހަނާ ހާލުގައި މީހަކު އެހެން ފިރިހެނަކާއި އަންހެނަކާ އެކު ފެންނަ ފޮޓޯ އެއް ވަނީ ލީކުވެފައެވެ.
އެއް ޖިންސުން ގުޅުން ހިންގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ ލީކްކުރި މައްސަލައާ ގުޅޭގޮތުން ފުލުހުން ކުރިން ބުނީ މިދިޔަ މާޗު މަހުގެ ފަހު ހަފްތާ އިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

