ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާލިއާގެ އާ ފިލްމު ޑާލިންގެ ޓީޒާ އާންމުކޮށްފި

މަޝްހޫރު ބޮލީވޫޑް ތަރި އާލިއާ ބަޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ބޮލީވުުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާލިއާ ބަޓާއި ޝެފާލީ ޝާހް ލީޑު ރޯލު ކުޅޭ ފިލްމު ޑާލިންގ ގެ ޓީޒާ އިއްޔެ އާންމުކޮށް ދައްކާލައިފި އެވެ.

މިނެޓެއްހާއިރުގެ އެ ވީޑިއޯގައި ފެންނަނީ މަންމަ އާއި އަންހެން ދަރިއެއްގެ ދިރިއުޅުމެވެ. ވިޖޭ ވަރްމާ އާއި ރޯޝަން މާތިއު ފެންނަނީ އެމީހުންނަށް ފާރަލާ ޖާޖޫސްކުރުމުގެ މަސައްކަތުގައި އުޅުމުގެ ތެރެއިންނެވެ.

ޑާލިންގ އަކީ ޑާކް ކޮމެޑީއެކެވެ. މަންމަ އާއި ދަރިއަކު މުމްބާއީގައި ހަމަޖެހިގެން ދިރިއުޅުމަށް ކުރާ ހިތްވަރު އެ ފިލްމުން ދައްކުވައިދޭނެއެވެ.

ގޯރީ ހާނާއި އާލިއާ ބަޓް އަދި ގޯރަވް ވަރްމާ ޕްރޮޑިއުސްކުރާ އެ ފިލްމުގެ ޑައިރެކްޓަރަކީ ޖަސްމީތު ކޭ ރީން އެވެ.

މި ފިލްމު ނެޓްފްލިކްސް އިން ސްޓްރީމް ކުރުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ ތެރޭގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: