ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރަނިލް އިސްތިއުފާ ދެއްވުމަށް ނިންމައިފި

ސްރީލަންކާގެ ބޮޑު ވަޒީރު ރަނިލް: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ސިޔާސީ ޕާޓީތަކުގެ ލީޑަރުން އެގައުމުގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ އަދި، ބޮޑު ވަޒީރު، ރަނިލް ވިކްރަމަ ސިންހެގެ އިސްތިއުފާއަށް އެދިފައިވުމުމުން، އެ ނިންމުމާއި އެއްގޮތަށް އިސްތިއުފާ ދެއްވާނެކަމަށް ރަނިލް ވިދާޅުވެއްޖެއެވެ.

ސްރީލަންކާގެ ސިޔާސީ ޕާޓިތަކުގެ ލީޑަރުންތައްވަނީ ދާދި ފަހުން، އެ ގައުމުގެ ހާލަތު ގޯސްވެ، ރައީސް ގޯޓަބަޔާ ދިރިއުޅުއްވާ ގެކޮޅަށް ބަޔަކު މީހުން ވަދެ ހަމަނުޖެހުންތަކެއް ހިންގުމާއި ގުޅިގެން، ބައްދަލުވުމެއް ބާއްވައި، ރައީސް ގޯޓަބަޔާ އަދި ބޮޑުވަޒީރު ރަނިލްގެ އިސްތިއުފާއަށް އެދުމަށް ނިންމާފައިއެވެ.

ސްރީލަންކާގެ ސިޔާސީ ޕާޓީތަކުގެ އިސްވެރިން ނިންމާފައިވާ ގޮތުން، އެ ގައުމުގެ ގާނޫނު އަސާސީއާއި، އެއްގޮތަށް ރައީސް ގޯޓަބަޔާ އިސްތިއުފާ ދިނުމުން، ވަގުތީ ގޮތުން ވެރިކަމަށް ވަޑައިގަންނަވާނީ، އެ ގައުމުގެ މަޖިލީހުގެ ރައީސް މަހިންދަ ޔަޕަ އަބޭ ވަރްދަނާއެވެ.

ސްރީލަންކާގެ ސިޔާސީ ލީޑަރުން ރައީސް ގޯޓަބަޔާ އަދި ބޮޑުވަޒީރުގެ އިސްތިއުފާއަށް އެދުމަށް ނިންމާފައިވާކަމަށް އިއުލާނު ކުރެއްވުމާއި ގުޅިގެން، ޓްވީޓެއް ކުރައްވާ ރަނިލް ވިދާޅުވީ، ސަރުކާރާއި، ގައުމު ކުރިއަށްދާނެކަން ޔަގީން ކުރުމަށާއި، ރައްޔިތުންގެ ރައްކައުތެރިކަން ކަށަވަރު ކުރުމުގެ މަގުސަދުގައި، ޕާޓިތަކުގެ ލީޑަރުންތަކުގެ ނިންމުން އެނާ ބަލައިގަންނަކަމަށެވެ. އަދި އެގޮތުގެ މަތިން އެނާ އިސްތިއުފާ ދެއްވާނެކަމަށްވެސް ރަނިލް ވިދާޅުވިއެވެ.

ރަނިލް ވިކްރަމަސިންހެ ސްރީލަންކާގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެންވެސް ސްރީލަންކާގައި އެތައް ހަމަ ނުޖެހުންތަކެއް ހިންގަމުން އެބަދެއެވެ. އެގޮތުން ފުލުހުންގެ ފަރާތުން އެ ގައުމުގެ މަޝްރަހު ކަވަރު ކުރަމުންްދާ ބައެއް ނޫސްވެރިންނަވެސް އަނިޔާތަކެއް ލިބިފައިވާކަމަށް ބައެއް ނޫސްފަތުރާ ވަސީލަތްތަކުން ރިޕޯޓުކޮށްފައިވެއެވެ.

ސްރީލަންކާގެ ހާލަތު ގޯސްވެފައިވަނީ، އެ ގައުމުގެ ސަރުކާރުން ލޯނުތައް ނަގައި، ދަރަނިތައް އިތުރުވެ، ލޯނުތަކުން ހިންގަމުންދިޔަ ބައެއް މަޝްރޫއުތައް، ސަރުކާރުގެ އިހުމާލުންނާއި މޫސުމީ ބަދަލުތަކުގެ ސަބަބުން އަޑިއަޅާލުމުންނެވެ. އަދި އެތަކެއް ފަހަރުގެ މަތިން، ފައިސާ ޗާޕުކޮށްފައިވުމުން އެގައުމުގެ ފައިސާގެ އަގަށްވަނީ ފަންސާސް އިންސައްތައިގެ ވެއްޓުމެއް އައިސްފައިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: