ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މާލޭ ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށްގޮސްފި”

މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު
ޝެއާރކޮށްލާ ކަހަލަދޯ؟

ސްކޫލްތައް ރަހުނުކޮށް ހަރުމުދާ ވިއްކާ ހިސާބަށް ދިޔައިރުވެސް ސަރުކާރުގެ ސިޔާސަތުތައް ބަދަލު ނުކޮށް ތިބެނޭ ކޯލިޝަން ވެރިންގެ އިހުލާސްތެރިކަމެއް ނެތީމަ ކަމަށް ޕީއެންސީގެ ޕާލިމެންޓަރީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް ވިދާޅުވީ ގައުމުގެ ހާލުގެ ދުލުން ގޮވަނީ މި ވަތަން ސަލާމަތް ކުރާނެ ވެރިކަމެއް ގާއިމް ކުރުމަށާޢި އެދުވަސް އަވަސް ކުރުމަށް އެދޭކަމަށެވެ.

މި ސަރުކާރުން ލޯނު ނަގައިގެން ގައުމުގެ އިގްތިސާދު ހަމައަށް އެޅުވުމަށް ކުރަމުންގެންދާ މަސައްކަތާއި ގުޅިގެން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ވަނީ ރައްދުވެފައެވެ.  ގައުމުގެ ދަރަނި ބޮޑުވެފައިވާ މި ދަނޑިވަޅުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ފާއިތުވެދިޔަ ހަފްތާގެ ތެރޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރު ވަނީ ގައުމުގެ އިގްތިސާދު ހަރުދަނާ ކޮށް ހަރަދުކުޑަކުރުމަށް އަޅާނެ ފިޔަވަޅުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކަވާފައެވެ.

އެގޮތުން އިގްތިސާދު ހަމައަކަށް އެޅުމަށް ޖީއެސްޓީ އާއި ޓީ ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް އަމީރު ވިދާޅުވެފައިވާއިރު އެކަމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިވަގުތަކީ ޓެކްސް ބޮޑުކުރުމުގެ ބަދަލުގައި އެހެނިހެން ގޮތްގޮތުން އިގްތިސާދު ރަނގަޅުކުރުމަށް މަސައްކަތް ކުރަންވީ ވަގުތު ކަމުގައި ވިދާޅުވެފައެވެ. އެގޮތުން ދައުލަތުގެ ބައެއް ހަރަދުތައް ކުޑަކުރުމުގެ ގޮތުން ތަރައްގީގެ މަޝްރޫއުތައް މެދުކަނޑާލުމަށް ރައީސް ނަޝީދު ވަނީ އެދިވަޑައިގަންނަވާފައެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމުގެ ގޮތުން އެޅުމަށް ކަނޑައެޅިފައިވާ ފިޔަވަޅު ކަމަށް އަމީރު ވިދާޅުވީ، ބައެއް ޓެކްސްތައް އިތުރު ކުރުމެވެ. އެގޮތުން ޓީގީއެސްޓީ އަދި ޖީޖީއެސްޓީވެސް އިތުރު ކުރުމަށް ނިންމާފައިވާކަމަށް އަމީރު ވިދާޅުވިއެވެ. އަމީރު ވިދާޅުވި ގޮތުގައި ޓީޖީއެސްޓީވަނީ 12 އިންސައްތައިން 16 އިންސައްތައަށް ބޮޑު ކުރުމަށް ނިންމައި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށް ނިންމާފައިވާކަމަށެވެ.

ޖީއެސްޓީ އަކީ ރައްޔިތުން ދައްކަން ޖެހޭ ޓެކްސްއެކެވެ.

ދައުލަތުގެ ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ ގޮތުގައި އަމީރު ފާހަގަކުރެއްވީ، ދައުލަތުގެ ފަރާތުން އެކި ކަންކަމުގައި، ރައްޔިތުންނަށް ދެމުން އަންނަ ސަބްސިޑީގެ ހިދުމަތައް ބަދަލުތަކެއް ގެނައުމެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހަރުދަނާ ކުރުމާއި، ބައެއް މަޝްރޫއުތައް ފެށުން މަޑުޖައްސާލުމުގެ އިތުރުން ގައުމު ހިންގުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުންވެސް ހިމެނޭކަމަށް އަމީރުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: