ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ސީ ޕްލޭން ޓަރމިނަލް 3 މަސްތެރޭ ނަގައި، އާ ރަންވޭ ހުޅުވުމުގެ ތައްޔާރީތައް ފަށައިފި

އަލަށް ތަރައްގީކުރާ ސީޕްލޭން ޓާމިނަލް. ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރިއަށް އޮތް 3 މަސް ތެރޭގައި ކުރީގެ ސީ ޕްލޭން ޓަރމިނަލް ނަގައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ އައު ރަންވޭ ބޭނުންކުރަން ފެށުމުގެ ތައްޔާރީތައް ފަށާފައިވާ ކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން ބުނެފިއެވެ.

މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އެމްއޭސީއެލްއިން އައު ރަންވޭ ބޭނުން ކުރަން ނުފެށި ލަސްވުމުގެ ސަބަބެއްކަމުގައި ފާހަގަކުރައްވާފައި ވަނީ ރަންވޭ އޮތް ސަރަޙައްދު ބައިނަލްއަޤްވާމީ ސްޓޭންޑަރޑްސްތަކަށް ނުފެތުމެވެ. އަދި އެއީ މިހާރު ބޭނުންކުރަމުންދާ ސީ ޕްލޭން ޓަރމިނަލް، ކަނޑައެޅިފައިވާ މިންގަނޑަށްވުރެ ރަންވޭއާއި ކައިރިވުމުގެ ސަބަބުންކަމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން މައުލޫމާތުދެއްވައެވެ.

އާ ރަންވޭ ހުޅުވުމާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން އެމް.އޭ.ސީ.އެލްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ އިބްރާޙިމް ޠާހާ ވިދާޅުވީ، މިހާރު ތަރައްޤީކޮށްފައިވާ އައު ސީޕްލޭން ޓަރމިނަލަށް ހުރިހާ ޚިދުމަތްތައް ބަދަލުކުރެވުމާއެކު، ކުރީގެ ޓަރމިނަލް ނެގުމުގެ މަސައްކަތް ފަށާނެކަމަށެވެ. ޠާހާ ވިދާޅުވީ ސީ ޕްލޭން ޓަރމިނަލް ނުހުޅުވި ދިގު މުއްދަތެއްވީ، ތަނަށް ބޭނުންވާ މުވައްޒަފުން ނެގުމާއި އެމީހުން ޓްރެއިންކުރުމާއި، ބައިނަލްއަޤްވާމީ މިންގަނޑަށް ބޭނުންވާ ޓްރައިލްތައް ފުރިހަމަކުރުމަށްކަމަށެވެ.

ރާއްޖޭގެ އެންމެ ބޮޑު ސީ ޕްލޭން އޮޕަރޭޓަރ ޓީއެމްއޭގެ ގިނަ ޚިދުމަތްތައްވެސް މިހާރު ވަނީ އައު ޓަރމިނަލަށް ބަދަލުކޮށްފައިކަމަށާއި ނަމަވެސް އަދިވެސް ބައެއް އޮޕަރޭޓަރުންގެ ޚިދުމަތްތައް ކުރީގައި ޓަރމިނަލްގައި ހުރިކަމަށް ތާޙާ ފާހަގަކުރެއްވިއެވެ.

ޠާހާ ވިދާޅުވީ ސަރުކާރުގެ ޢަމާޒަކީ އަހަރުގެ ފަހު ކުއާޓަރުގައި އައު ރަންވޭ ބޭނުންކުރަން ފެށުން ކަމަށާއި، އެކަމަށް ބޭނުންވާ ތައްޔާރީތައް ފުރިހަމައަށް ވަމުން އަންނަ ކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: