ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދާތާ ދެ ދުވަސް

އައިމިނަތު ޒާރާ ރިޔާޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދާތާ ކަމަށް އޭނާގެ އާއިލާއިން މިއަދު ބުނެފި އެވެ.

ގެއްލިގެން ހޯދަމުން ދަނީ އައިމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ކުއްޖެކެވެ.

އެ ކުއްޖާގެ ދައްތަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރެވެ.

“އޭރު ގެއިން ނުކުމެގެން ދިޔައިރު ލައިގެން ހުރީ ނޫ ކުލައިގެ ޖީންސްއަކާއި، ކަޅު ކުލައިގެ ޓޮޕްއަކާއި ބުރުގަލެއް، އޭރު ގެއިން ދިޔަ ފަހުން އަދި ހަބަރެއް ނުވޭ،” އެ ކުއްޖާގެ ދައްތަ ލިޔެފައިވެ އެވެ.

އެ ކުއްޖާ އެއްވެސް ތަަނަކުން ފެނިފައިވާ ނަމަ 9463201 ނަންބަރަށް ގުޅުމަށް އާއިލާއިން ވަނީ އެދިފައެވެ.

މިކަމާ ގުޅިގެން ފުލުހުންގެ ބުނެފައިވަނީ 17 އަހަރުގެ އަންހެން ކުއްޖަކު ގެއްލިފައިވާކަމަށް ޖުލައި 10 ވަނަ ދުވަހު އެ ކުއްޖާގެ އާއިލާއިން ރިޕޯޓް ކޮށްފައިވާކަމަށެވެ. އަދި މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލައި ކުއްޖާ ހޯދުމުގެ މަސައްކަތް ދަނީ ކުރެވެމުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: