ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

17 އަހަރުގެ ކުއްޖާ ފެނިއްޖެ، ހާލު ރަނގަޅު!

އައިމިނަތު ޒާރާ ރިޔާޒް.
ޝެއާރކޮށްލާ ކަހަލަދޯ؟

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ހޯދަމުން ދިޔަ 17 އަހަރުގެ ކުޑަ އަންހެން ކުއްޖާ ފެނިއްޖެކަމަށާއި ކުއްޖާގެ ހާލު ރަނގަޅުކަމަށް ފުލުހުން ބުނެއްފިއެވެ.

މިދިޔަ އާދީއްތަ ދުވަހުން ފެށިގެން 17 އަހަރުގެ ކުޑަ އަންހެން ކުއްޖަކު ގެއްލިގެން ހޯދަމުންދަމުން އަންނަކަމަށް އާއިލާ އާއި ހަވާލާދީ ނޫސްތަކުގައި ރިޕޯޓު ކޯށްފައިވަނީ މިއަދުއެވެ.

އެ ކުއްޖާގެ ދައްތަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓުގައިވާ ގޮތުން އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ އާދީއްތަ ދުވަހުގެ މެންދުރުފަހު 2:30 ހާއިރެވެ.

ގެއްލިގެން ހޯދަމުން ދިޔައީ އައިމިނަތު ޒާރާ ރިޔާޒް ނަމަކަށް ކިޔާ އައްޑޫ ސިޓީ ފޭދޫއަށް ނިސްބަތްވާ ކުއްޖެކެވެ.

ފުލުހުން މިއަދު ހެނދުނު ބުނި ގޮތުގައި، މާލެ އިން އަންހެން ކުއްޖަކު ގެއްލިފައިވާ ކަމުގެ ރިޕޯޓެއް އެ ކުއްޖާގެ އާއިލާގެ ފަރާތުން ފުލުހުންނަށް ލިބިފައި ވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ.

މިކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުންވަނީ ބުނެފައެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: