ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރޭއަޕްގައި އަޑު އަހަނީ އަރިޖީތުގެ ލަވަތައް: އަނައްނިޔާ

އިންޑިއާގެ ފިލްމީ ތަރި އަނައްނިޔާ ޕާންޑޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްރޭކްއަޕް ތަކުގައި އަޑުއަހަނީ އަރިޖީތު ސިންގުގެ ލަވަތައް ކަމުގައި ބޮލީވޫޑްގެ ތަރި އަނައްނިޔާ ޕާންޑޭ ބުނެފިއެވެ.

އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަރިޖީތުގެ ލަވަތަކަކީ އާއްމު ގޮތެއްގައި ހިތާމަވެރި ލަވަތަކެކެވެ.

އަނައްނިޔާ ބުނެފައިވާ ގޮތުގައި ބްރޭކްއަޕްގެ ދުވަސްވަރު އެހިތާމަ ތަކުން އަރައިގަތުމަށް އޭނާ ލަވަ އަޑުއެހުމުގެ އިތުރުން އައިސް ކްރީމް ކާ ކަމަށެވެ.

އަނައްނިޔާ އާއި އިޝާން ހައްޓަރު ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތައް ފެތުރިފައިވަނީ އެދެތަރިން އެކުގައި ކުޅެފައިވާ ފިލްމު ކާލީ ޕިޓިލީ ރިލީޒް ކުރި ދުވަސްވަރެވެ. އަދި އެދެތަރިން ވަކިވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ.

އަނައްނިޔާ ބުނީ އޭނާ އަކީ ހިތާމަތައް ހިފަހައްޓައިގެން ހުންނަ މީހެއް ނޫން ކަމަށާއި ހިތާމައެއް ކުރިމަތިވެއްޖެ ނަމަ އެކަން ބޭރުކޮށްލައި އެކަމުން އަރައިގަތުމަށް ލަވައިން ހިތްވަރުހޯދާ ކަމުގައެވެ. އަދި ގިނަވަގުތު ރައްޓެހިންނާއި އެކު ވަގުތު ހޭދަކުރުމުންވެސް ހިތާމަ ތަކަށް ލުއިކަން ލިބިގެންދާ ކަމުގައި އަނައްނިޔާ ބުނެފައިވެއެވެ.

އަނައްނިޔާ އެންމެފަހުން ފެނިގެން ގޮސްފައިވަނީ ގެހެރިޔާ އިންނެވެ. އޭނާގެ ކުރިއަށް އޮތް ފިލްމު ލިގަރ އިންޑިއާގެ ސްކްރީން ތަކުގައި އެޅުވުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓް މަހުގެ 26 ވަނަ ދުވަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: