ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔުއެފާ ވިމެންސް ޔޫރޯ 2022 ދިރާގު ޓީވީ އާއި ދިރާގު ޕްލޭއިން ބަލައިލެވޭނެ

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުއެފާ ވިމެންސް ޔޫރޯ 2022 ގެ މެޗުތައް ދިރާގު ޓީވީ އާއި ދިރާގު މޮބައިލް އެޕްލިކޭޝަން، ދިރާގު ޕްލޭ އިން ބެލޭނެ ފުރުސަތު ހުޅުވާލައިފިއެވެ.

ކޮވިޑް19 އާއި ގުޅިގެން އައި އެއް އަހަރު ދުވަހުގެ ޑިލޭއަކަށް ފަހު ޔުއެފާ ވިމެންސް ޔޫރޯ 2022 މިހާރު ދަނީ އިނގިރޭސި ވިލާތުގައި ކުރިއަށްދަމުންނެވެ. މި މުބާރާތް ކުރިއަށްދާނީ 7-31 ޖުލައި 2022 ގެ ނިޔަލަށެވެ.

މި މުބާރާތުގެ މެޗްތައް ދިރާގު ޓީވީެ ސޮނީ ޓެން 2 އެޗްޑީ (ޗެނަލް 104) އިންނާއި ދިރާގު ޕްލޭ މޯބައިލް އެޕުން ވަގުތުން ބަލާލެވޭނެއެވެ.

މެޗް ޝެޑިއުލްތައް ދިރާގު ޓީވީގެ ޓްވިޓަރ އަދި ފޭސްބުކް އެކައުންޓްތަކުގައި ޕޯސްޓް ކުރެވިގެންދާނެއެވެ.

ދިރާގު ޓީވީން އެ މެޗުތަކާއި މުނިފޫހިފިލުވުމުގެ އިތުރު ކޮންޓެންޓް ބަލަން ބޭނުންވާ މީހުންނަށް އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ދިރާގު ޓީވީގެ ބޭސިކް ޕެކޭޖަށް 350 ރުފިޔާ އަށް ސަބްސްކްރައިބް ކުރެވޭނެއެވެ. އަދި 65 ރުފިޔާ އަށް ދިރާގު ޕްލޭ އަށް ސަބްސްކްރައިބް ކުރެވޭނެއެވެ.

ދިރާގު ޓީވީ އިން މިހާރު ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން އަލަށް ދިރާގު ޓީވީ އަށް ސަބްސްކްރައިބް ކުރާ ފުރަތަމަ 300 ކަސްޓަމަރުންނަށް ހިލޭ ކަނެކްޝަނާއި ޖޯއީ ބޮކްސް އާއި ވަޔަރލެސް ކީބޯޑް ހިލޭ ލިބޭނެއެވެ.  އެއީ މި މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަނެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: