ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތާފުށި ރިސޯޓަށް އޭޝިޔާގެ އެއްވަނަ އާއި ދުނިޔޭގެ ތިންވަނަ ލިބިއްޖެ

އިތާފުށި ރިސޯޓް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުނިޔޭގެ އެންމެ މަޝްހޫރު ފަތުރުވެރިކަމާއި ބެހޭ މެގަޒިންއެއް ކަމަށްވާ ޓްރެވަލް ޕްލަސް ލެޝަރ އިން ހޮޓާ ތަކަށް ވަނަ ދިންއިރުގައި އޭޝިޔާގެ  އެއްވަނަ އަދި ދުނިޔޭގެ ތިންވަނަ ހޮޓަލަކަށް ރާއްޖޭގެ އިތާފުށި ރިސޯޓް ހޮވިއްޖެއެވެ.

ހިލްޓަންގެ ލަގްޒަރީ ބްރޭންޑް ވޮލްޑޯފް އިން ހިންގާ އިތާފުއްޓަކީ ދުނިޔޭގެ އެއްވަނަ އިގެ އިތުރުން އޭޝިޔާގެ ވެސް އެއްވަނަ ލިބިފައިވާ ރިސޯޓެކެވެ.

އިތާފުށީގައި ހިންގާ ވޮލްޑްއޯފް އެޝްޓޯރިއާ އަކީ ދުނިޔޭގެ އެންމެ މަޝްހޫރު މީހުން ޒިޔާރަތްކުރާ އެއް ރިސޯޓެވެ. އެ ރިސޯޓްގައި  މިހާތަނަށް ދުނިޔޭގެ ގައުމުތަކުގެ ވެރިންނާއި މަޝްހޫރު ސެލެބްރިޓީން ވަނީ ޗުއްޓީ ހޭދަކޮށްފައެވެ.

ޓްރެވަލް ޕްލަސް ލެޝާ އަކީ އެމެރިކާ އާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ އެންމެ މަތީ މަންޒިލްތަކާއި ކުންފުނިތައް ހޮވުމަށް ދޭ އެވޯޑެކެވެ. ވޯލްޑް ބެސްޓް އެވޯޑްސް 2022 ގެ ނަމުގައި ދޭ މި އެވޯޑަކީ ކިޔުންތެރިންގެ ހިޔާލުގެ މައްޗަށް ބިނާކޮށް ދޭ އެވޯޑެކެވެ. މި އެވޯޑްގައި ސިޓީތަކާއި ޖަޒީރާތަކާއި ނޭޝަނަލް ޕާކްތަކުގެ އިތުރުން ހޮޓަލްތަކާއި ކުރޫޒް ލައިންތަކާއި އެއަރޕޯޓްތަކާއި އެއަރލައިން ތައް ވެސް ހިމަނައި އެވޯޑްދެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: