ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގޮތަބަޔާގެ ދަތުރު: ދިވެހި ސަރުކާރުގެ ބަޔާނުގައި އެއްވެސް ސުވާލެއްގެ ޖަވާބެއް ނެތް! 

ގޯޓަބަޔާ ރާޖަޕަކްސާ: ފޮޓޯ/ ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީލަންކާގެ ރައީސް ކަމުން މިއަދު އިސްތިއުފާ ދެއްވި ގޮތަބަޔާ ރާޖަޕަކްސަ ފިލަން ދިވެހި ސަރުކާރުން އެހީތެރިވުމަށް ފަހު ދެދުވަސް ފަހުން ފުރަތަމަ ފަހަރަށް ބަޔާނެއް ނެރެފިއެވެ.

މިރޭ ފޮރިން މިނިސްޓްރީން ގޮތަބަޔާގެ ދަތުރާއި ގުޅޭ ގޮތުން ބަޔާނެއް ނެރުނު ނަމަވެސް ގޮތަބަޔާ ރާއްޖެ ގެނައުމާއި ގުޅޭ ގޮތުން ސްރީލަންކާ އާއި ދިވެހި ރައްޔިތުން އަދި މީޑިއާތަކުން ކުރިމަތިވަމުން އަންނަ ސުވާލުތަކަށް އެބަޔާނުގައި އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ހަމައެކަނި ވިދާޅުވެފައި ވަނީ ގޮތަބަޔާ ޖުލައި 13 ގައި ރާއްޖެ ވަޑައިގެންނެވީ ޓްރާންސިޓް ދަތުރެއްގައި ކަމަށާއި މިއަދު ގޮތަބަޔާ ރާއްޖެ އިން ފުރާފައިވާ ކަމަށެވެ. އޭގެ އިތުރުން ބަޔާނުގައި ދެން ވިދާޅުވެފައި ވަނީ ގޮތަބަޔާ ރާއްޖެ ވަޑައިގެންނެވީ ސްރީލަންކާ ސަރުކާރުން ރަސްމީކޮށް ދިވެހި ސަރުކާރަށް އެދަތުރު ކުރާކަން އެންގުމަށް ފަހު ކަމަށް ވެސް ބަޔާނުގައި ވެއެވެ.

އެއީ ކުރިން ވެސް ހުރިހާ އެންމެންނަށް އެނގިފައިވާ މައުލޫމާތެކެވެ.

ސްރީލަންކާގެ ރައްޔިތުން ގޮތަބަޔާގެ މައްޗަށް އެތައް ތުހުމަތެއް ކުރަމުން ދަނިކޮށް އޭނާ އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ދިވެހި ސަރުކާރުން ހުރަސް އެޅީ ކީއްވެތޯ ސްރީލަންކާގެ ރައްޔިތުން އަންނަނީ ސުވާލު ކުރަމުންނެވެ. ނަމަވެސް ގޮތަބަޔާ ރާއްޖެ އައުމަށް ދިވެހި ސަރުކާރުން ފުރުސަތު ފަހިކޮށްދިން ސަބަބާއި، އަދި އޭނާ އަށް ސިންގަޕޫރަށް ދެވޭނެ މަގުތަނަވަސް ކޮށްދިން ސަބަބާއި ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ބަޔާނުގައި ވިދާޅުވެފައެއް ނުވެއެވެ.

ގޮތަބަޔާގެ ދަތުރާއި ގުޅޭ ގޮތުން ފޮރިން މިނިސްޓްރީ އާއި ރައީސް އޮފީހުގެ އޮފިޝަލުންނާއި ނޫސްވެރިން މިހާތަނަށް ކުރަމުން އަންނަ އެއްވެސް ސުވާލަކަށް ވެސް ޖަވާބެއް ދީފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސުވާލެއް ނެތް ކަމެއްގަ ޖަވާބު އޮވޭތަ.. މޮޔަނުވެބަލަ. ނޫސްވެރިކަން ކިޔަވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: