ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިލޮން މަސްކްގެ ބައްޕަ އޭނާގެ ދޮންދަރިއަށް ދެވަނަ ކުއްޖަކު ލިބިފައިވާ ކަން ޔަގީންކޮށްދީފި

އިލޮން މަސްކާއި އެރަލް މަސްކު
ޝެއާރކޮށްލާ ކަހަލަދޯ؟

ހަތަރު އަހަރު ފަހުން މަޝްހޫރު ބިލިއަނަރު އިލޮން މަސްކުގެ ބައްޕަ އޭނާގެ ދޮންދަރި އެއް ކަމަށް ވާ ޔާނާ އަށް ދެވަނަ ދަރިއަކު ލިބިފައިވާ ކަން މީޑިއާތަކަށް ކަށަވަރުކޮށްދީފިއެވެ.

2019 ވަނަ އަހަރުގެ ތެރޭގައި އޭނާގެ ދޮންދަރި ޔާނާ އާއި އެކީގައި އަންހެން ދަރިއަކު ހޯދާފައިވާ ކަމުގެ ޔަގީންކަން އިލޮން މަސްކުގެ ބައްޕަ އެރަލް މަސްކު މީޑިއާތަކާއި ހިއްސާކޮށްފައިވާއިރު، 2017 ވަނަ އަހަރުގެ ތެރޭގައިވެސް އޭނާ އަދި ޔާނާ ވަނީ ފިރިހެން ދަރިއަކުވެސް ހޯދާފައެވެ.

އެރަލް ޔާނާ ބަލާ ބޮޑުކުރަން ފަށާފައިވަނީ ޔާނާގެ އުމުރުން ހަތަރު އަހަރުން ފެށިގެންނެވެ.

އެރަލް އާއި ޔާނާގެ ދެމެދުގައި 41 އަހަރުގެ އުމުރުގެ ތަފާތު ހުރިކަން ފާހަގަކޮށްލެވެއެވެ.

އިލޮން މަސްކަކީ ދުނިޔޭގެ މަޝްހޫރު ބިލިއަނަރެކެވެ. ދާދި ފަހުން އޭނާ ވަނީ ޝޯސަލް މީޑިއާގައި އޭނާގެ ކުންފުންޏެއްކަމަށްވާ ނިއރޮލިންކްގެ އެގްޒެކިއުޓިވް ލެވެލްގައި މަސައްކަތް ކުރަމުން ދިޔަ އަންހެނަކާއި އެކު ދެ ދަރިން ހޯދާފައިވާ ކަމަށް ބުނެފައެވެ.

އިލޮން މަސްކުގެ އެކި ބަނޑަށް ދިހަ ދަރިން ލިބިފައިވާ ކަމަށް  ބޭރުދުނިޔޭގެ ހަބަރުތަކުގައި ރިޕޯޓް ކޮށްފައިވެއެވެ.

 

ވަރަށް ގަދަ
17%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 83%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: