ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގަށް އިސޫ މާލެ ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އިސްމާއީލް އަބްދުލްރަހީމް އާދަމް (އިސޫ) މަރުކޮމިޝަންގެ ތަހުގީގަށް މާލެ ގެނެސްފިއެވެ.

އިސޫ އާ މީގެ ކުރިން ރިލްވާން މައްސަލައިގައި މަރު ކޮމިޝަނުން ސުވާލު ކޮށްފައި ވެއެވެ. އެކޮމިޝަނުން ނެރުނު ޑްރާފްޓް ރިޕޯޓްގައި ވެސް އެކަން ފާހަގަ ކޮށްފައި ވެއެވެ. އެހެން ނަމަވެސް ހެއްކެއް ނެތިގެން އޭނާއަަށް ދައުވާ ކޮށްފައެއް ނުވެއެވެ.

މިނވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި ގެއްލުވާލި ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ވަނީ ފާއިތުވެ ދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހު ހައްޔަރުކޮށްފައެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އިސްމާއިލް އަބްދުއްރަހީމް (އިސޫ) އާއި މއ. ފާނގަފިލާ، އަހްމަދު އިސްމާއިލް (އަހަނދު) އެވެ. އަހަނދުއަކީ މަސްތުވާތަކެތީގެ ރެކޯޑާއި، ސީރިއާ އާއި ޕާކިސްތާނަށް މީހުން ފޮނުވާ ކަމަށް ފުލުހުން ތުހުމަތުކުރާ މީހެކެވެ.

އޭނާ ހައްޔަރުކުރެވިފައިވަނީ ބަޔަކާ އެކު ކާނިވަލުގައި އިންދައެވެ. އިސޫ ހައްޔަރުކުރަން އަމުރެއް ހޯދަން އުޅޭކަން އެނގުމާ އެކު، އޭނާ ދިރިއުޅޭ ހިޔާ ފްލެޓަށް ނޫސްވެރިންތަކެއް އިއްޔެ ގެންދިޔަ އެވެ. އޭގެ ފަހުން، އަމިއްލަ އަށް ހާޒިރުވާނަން ކަަމަށް ބުނެ ފުލުސް އޮފީހަށް ދިޔައީ ރޭގެ ވަގުތެއްގައެވެ.

އެނގިފައިވާ ގޮތުގައި އިސޫ ހައްޔަރުކުރަން އެދުނީ މަރު ކޮމިޝަނުން ހިންގާ ތަހުގީގަށް ލިބުނު ކުރިއެރުންތަކަކާ ގުޅިގެންނެވެ. އިސޫއަކީ މަރު ކޮމިޝަނުން ކުރިން ބުނެފައިވާ ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރިލްވާން ގެއްލުމުގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާ އަށް ފާރަލައި ހެދި އެކަކެވެ. މި މައްސަލައިގައި މީގެ ކުރިން އޭނާ ދިރިއުޅުނު މ. ލެގޫން ވިއު، ބަލައި ފާސްކޮށްފައިވެއެވެ.

ވަރަށް ގަދަ
15%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 55%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 5%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: