ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިތުރު 12 އައިސްޕްލާންޓް ގާއިމްކުރަނީ!

ފިޝަރީޒް މިނިސްޓާ ހުސެއިން އައިސްޕްލާންޓްއެއް ބައްލަވާލައްވާ މަންޒަރު.
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރާއި އަންނަ އަހަރު ރާއްޖޭގެ އެކި ހިސާބުތަކުގައި 12 އައިސްޕްލާންޓް ހުޅުވުމަށް ހަމަޖެހިފައިވާކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ.

ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ މީގެތެރޭގައި މިހާރު މަސައްކަތް ކުރިއަށްދާ އައިސްޕްލާންޓްތަކާއި ބަޖެޓް މަރުހަލާގައިވާ އައިސްޕްލާންޓްތަކާއި އަދި އިވެލުއޭޝަންގެ މަރުހަލާގައި ހުރި އައިސްޕްލާންޓްތައްވެސް ހިމެނޭކަމަށެވެ.

މި 12 އައިސްޕްލާންޓް ޤާއިމްކުރާ ރަށްތަކުގެ ތެރޭގައި ހިމެނެނީ ހއ. ދިއްދޫ، ށ. ކޮމަންޑޫ، އއ. ރަސްދޫ، ދ. މީދޫ، މ. މުލައް، ގއ. ގެމަނަފުއްޓެވެ. މީގެއިތުރުން ލ. މާމެންދޫ، ލ. މާބައިދޫ، ގދ. މަޑަވެލި، ގދ. ރަތަފަންދޫ، ގދ. ފިޔޯރީ އަދި ގދ. ގައްދޫއެވެ.

މިފްކޯއިން އަތޮޅުތެރޭގައި މިހާރުވެސް އަންނަނީ 20 އައިސްޕްލާންޓް ހިންގަމުންނެވެ.

މި 20 އައިސްޕްލާންޓުން ދުވާލެއްގެ މައްޗަށް 825 ޓަނުގެ އައިސް އުފައްދައެވެ. އެހެން ނަމަވެސް ރަނގަޅު މަސްވެރިކަމެއްގައި، މަސްވެރިން ބޭނުންވާ ވަރަށް އައިސް ފޯރުކޮށްދިނުމަށް ގޮންޖެހުންތަކާއި ކުރިމަތިވެއެވެ. މިކަމަށް ހައްލު ހޯދުމަށް އިތުރު އައިސްޕްލާންޓުތައް ތަރައްޤީކުރުމުގެ މަސައްކަތް ދަނީ ކުރަމުންކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: