ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާލޭގެ ފެން ހިންދަން ސިފައިން ނިކުމެއްޖެ!

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރަމުންދާ ވިއްސާރަ އާއި ގުޅިގެން މާލެ ސިޓީގެ މަގުތަކުގައި ފެން ބޮޑުވުމުގެ ސަބަބުންގެ ސިފައިންގެ މުއައްސަސާގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަރާތުން މަގުތަކުގައި ފެން ހިންދަން ނިކުމެއްޖެއެވެ.

މިކަމާއި ގުޅިގެން އެމްއެންޑީއެފް އިން ޓްވީޓެއް ކޮށް ބުނެފައިވަނީ މާލެ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މާލޭގެ ބައެއް ސަރަޙައްދުތަކުގައި ފެންބޮޑުވުމާ ގުޅިގެން ފެން ހިއްކުމުގެ މަސައްކަތް ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިން ފަށައިފާވާކަމަށެވެ.

ހުޅަނގުގެ ވިއްސާރަ އާއި ގުޅިގެން މާލޭގެ ގިނަ މަގުތަކެއްގައި ފެން ބޮޑުވެފައިވާއިރު، މިކަމުގެ އުދަނގޫ ދަނީ ހިގާ ބިގާވެ އުޅޭ ފަރާތްތަކުގެ އިތުރުން ދުއްވާ އެއްޗިހީގައި އުޅޭ ފަރާތްތަކަށްވެސް ކުރަމުންނެވެ.

މާލެ ސިޓީގެ މަގުތަކުގެ މައްސަލައަކީ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއްކަމުގައިވީއިރު އަދި މިކަމަށް ދާއިމީ ހައްލެއް އެއްވެސް ސަރުކާރަކަށް ހޯދައިދެވިފައެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: