ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“މިއީ ނޫސްވެރިންގެ ހަޔާތުގައި ކަޅު ދުވަހެއް”

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދަކީ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ދުވަހެއް ކަމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވާ ބިލު ކަމުގައިވާ ހެއްކާއި ބެހޭ ބިލު ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު ތަސްދީގުކުރުމާއި ގުޅިގެން އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ  ރާއްޖޭގެ ނޫސްވެރިކަމުގެ ހަޔާތުގައި ކަޅު ސޮފްހާ އެއް މިއަދު ލިޔެވިގެން ހިނގައްޖެ ކަމަށާއި ހެއްކާބެހޭ ބިލު މަސްދަރު ހާމަކުރާގޮތަށް ތަސްދީގު ކުރުމަކީ ޑިމޮކްރައީސގެ ހަޔާތުގައި ސަރުކާރުން 70 އަހަރުތަކަށް ރާއްޖެ ސޮއްސާލުން ކަމުގައެވެ.

އެކަމުގެ ސަބަބުން އިއާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ދިވެހި ނޫސްވެރިކަމަށް ކުރިމަތިވެގެންދާނެ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.  މަސްދަރު ހާމަ ކުރުމަށް އޮތް މާއްދާ އިސްލާހު ކުރުމުގެ ސަބަބުން ގައުމީ ސަލާމަތަށް ނުރައްކަލެއް ކަމަށް ސަރުކާރުން ކަނޑައަޅާ ކޮންމެ ކަމަކާ ގުޅޭގޮތުން މަސްދަރު ހާމަ ކުރުމަށް ނުވަތަ ބުނުމަށް މަޖުބޫރު ކުރުވުމުގެ ބާރު ސަރުކާރަށް ލިބި ނޫސްވެރިކަމުގެ މިނިވަންކަން މިވަނީ ގެއްލިފައެވެ.

ހެއްކާއިބެހޭ ގާނޫނަކީ މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށައެޅުމާއި ހެކި ބަލައިގަތުމާއި ހެކި ވަޒަންކުރުމުގައި ތަބާވާންޖެހޭ އުސޫލުތަކާއި ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތާއި އެނޫންވެސް ހެއްކާބެހޭ އާއްމު އުސޫލުތައް ކަނޑައެޅުމުގެ ގާނޫނެވެ.

މި ގާނޫނުގެ މަގްސަދު ތަކުގެ ތެރޭގައި ގާނޫނު އަސާސީގެ 42 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ އިންސާފުން ޝަރީއަތްކުރެވުމުގެ ހައްގު އެގޮތުގައި ކަށަވަރުކޮށްދިނުމަށް ބޭނުންވާ އަސާސީ އެއް އުސޫލު ކަމުގައިވާ ހެކީގެ އުސޫލު ތަފްސީލުކޮށް ގާނޫނުގައި ބަޔާންކޮށް ކަނޑައަޅައިދިނުން ހިމެނެއެވެ.

މިބިލު  ވަނީ ރައީސް ތަސްދީގު ކުރުމާއިގުޅިގެން ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިޢުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: