ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝެއިހު ފަޒްލޫނު ޝަރުތުތަކަކާއިއެކު ދޫކޮށްލައިފި!

ޝައިހް ފަޒްލޫން އާއި ޝައިހް ނިޝާން
ޝެއާރކޮށްލާ ކަހަލަދޯ؟

ބައިނަލްއަގުވާމީ ޔޯގާ ދުވަހާ ގުޅިގެން ގަލޮޅު ދަނޑުގައި މިދިޔަ މަހު ހިންގި ޔޯގާ ހަރަކާތް ހުއްްޓުވައި އަދި ހަމަނުޖެހުން ހިންގަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރު ދީނީ އިލްމުވެރިޔާ ޝެއިހް ފަޒްލޫން މުހައްމަދު ޝަރުތުތަކާއެކު ދޫކޮށްލައިފިއެވެ.

އެނގިފައިވާ ގޮތުގައި ފަޒްލޫން ޔޯގާގެ ހަރަކާތް ހުއްޓުވުމުގައި ބައިވެރިވިކަމުގެ ހެއްކެއް ލިބިފައެއް ނުވެއެވެ.

ފަޒްލޫން ހައްޔަރުކޮށް މަހެއްހާ ދުވަސް ވަންދެން ބަންދުގެ މުއްދަތު ޖެހި އިރު، އޭނާ ދޫކޮށްލީ އެންމެ ފަހުން ޖެހި ބަންދުގެ މުއްދަތު ހަމަނުވަނީހެވެ. އަދި އޭނާ ދޫކޮށްލީ ޝަރުތުތަކަކާ އެކުގައެވެ.

އެކަމަކު، އެއީ ކޮން ޝަރުތުތަކެއް ކަމެއް އަދި ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

ޔޯގާ ޑޭގެ ހަރަކާތެއް ޔޫތު މިނިސްޓްރީން އިންޑިއަން ހައި ކޮމިޝަނާއި އެގައުމުގެ ކަލްޗަރަލް ސެންޓަރާއި ގުޅިގެން ގަލޮޅު ދަނޑުގައި ކުރިއަށް ގެންދަނިކޮށް، ބަޔަކު މީހުންވަނީ އެ ސަރަހައްދަށް ޝަހާދަތުގެ ކަލިމަ ލިޔެފައިވާ ދިދަތަކެއް ހިފައިގެން ވަދެ، ހަރަކާތްތައް ހުއްޓުވާފައެވެ. އަދި ބައެއް ފަރާތްތަކުން ވަނީ އެ ހަރަކާތުގެ ބައިވެރިންނަށް ހަމަލާދީފައެވެ. މިކަމާއި ދެކޮޅަށް އަޑުއުފުލި ފަރާތްތަކުގެ ތެރޭގައި ދީނީ އިލްމްވެރިން ހިމެނުނު ނަމަވެސް އެއްވެސް އިލްމުވެރިޔަކު، ދަނޑަށް ވަދެފައިވާކަމަށް މައުލޫމާތު ލިބިފައެއްނުވެއެވެ.

ފުލުހުންގެ މުއައްސަސާއިންވަނީ، ޔޯގާ ޑޭގެ ހަރަކާތްތަކުގެ ތެރެއިން ހިނގާފައިވާ ހަމަނުޖެހުންތަކުގެ މައްޗަށް ސީރިއަސް ތަހުގީގުތަކެއް ހިންގާނެކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. އަދި ދިވެހިރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުވަނީ، އެ ހަރަކާތުގެ މައްޗަށް ސީރިއަސް ތަހުގީގެއް ކުރައްވާނެ ކަމަށާއި، އެ ކަމުގައިި ޝާމިލުވެފައިވާ ފަރާތްތަކުގެ މައްޗަށް ލަސްތަކެއް ނުވެ އިންސާފު ގާއިމު ކުރައްވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: